ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ އަންހެނަކު އެއްމާބަނޑު ފަސް ކުދިން ވިހައިފިއެެވެ. އެ އަންހެން މީހާ އެ ކުދިން ވިހާފައިވާކަން އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ގައުމުގެ ނޫސްތަކާއި ހަވާލާދީ ގަލްފް ނިއުސް އިން ބުނެފައިވާގޮތުގައި އުމުރުން 34 އަހަރުގެ އެ އަންހެން މީހާއަކީ މީގެ 12 އަހަރު ކުރިން މަންމައަކަށްވި އަންހެނެކެވެ. އަދި އޭނާ މި ފަސް ކުދިން ވިހާފައި ވަނީ ޓަބުކްގައި ހުންނަ ކިންކް ސަލްމާން އާރމްޑް ފޯސް ހޮސްޕިޓަލްގައި ކަމަށް ބުނެފައި ވެއެވެ.

އޭނާ ވިހާފައި ވަނީ މެޑިކަލް ޓީމެއްގެ އެހީތެރިކަމާއި އެކުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ ކުދިންގެ ބަރުދަން އުޅެނީ 950-1،100 ގްރާމާއި ދޭތެރޭގައެވެ. އަދި ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައި ވެއެވެ.

އޭނާ ވިހާފައި ވަނީ ބަނޑަށް 28 ހަފްތާގައި ކަމަށް ބުނެފައި ވެއެެެވެ.

ސައުދި އަރަބިއްޔާއަކީ އަރަބި ގަލްފް ގައުމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ދިރިއުޅެމުންދާ ގައުމެވެ. އެ ގައުމުގައި 34.8 މިލިއަން މީހުން ދިރިއުޅެމުންދާއިރު، 10.5 މިލިއަން މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު