ބޮލީވުޑުގެ ފިލުމުތަކަކީ ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ ފިލުމުތަކެކެވެ. މީގެތެރެއިން ބައެއް ފިލުމުތަކަކީ އެހެން ގައުމު ތަކުގެ ފިލުމުތައް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލުމުތަކެކެވެ.

ހަމައެގޮތަށް ބޮލީވުޑުގެ ފިލުމުތައް އަސްލަކަށް ބަލައިގެން އެހެން ގައުމުތަކުގައި ވެސް ފިލުމު އުފައްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ބޮލީވުޑުގެ ފިލުމު އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ހޮލީވުޑު ފިލުމުތަކަކީ:

އަ ވެނިސްޑޭ (2008) – އަ ކޮމަން މޭން (2013)

''އަ ކޮމަން މޭން'' އަކީ ނީރަޖު ޕާންޑޭގެ ފިލުމު ''އަ ވެނިސްޑޭ'' ގެ ޕްލޮޓަށް ތައްޔާރު ކޮށްފައިވާ ފިލުމެކެވެ.

ވިކީ ޑޯނަރ (2012) – ޑެލިވަރީ މޭން (2013)

ޑެލިވަރީ މޭންއަކީ ވިކީ ޑޯނާ ފިލުމުގެ ''ސްޕާރމް ޑޮނޭޝަން'' ޕްލޮޓަށް ތައްޔާރު ކޮށްފައިވާ ފިލުމެކެވެ.

ރަންގީލާ (1995) – ވިން އަ ޑޭޓް ވިތު ޓަޑް ހެމިލްޓަން (2004)

މި ދެ ފިލުމުގެ ވެސް ޕްލޮޓަކީ އަންހެން ކުއްޖަކާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއާއި ފިލުމު ސްޓަރއެއްގެ ތިނެސްކަން ލޯތްބެވެ.

ޑަރް (1993) – ފިއާ (1996)

ޝާހުރުކް ޚާންގެ މޭމަތީގައި ''ކިރަން'' ގެ ނަން ލިޔެގެން އުޅުނު މަގުބޫލު ފިލުމު ''ޑަރް'' އަކީ ފިލުމުގެ ނަމާއި ގިނަ ސީންތަކެއް ވެސް ވަރަށް އެއްގޮތަށް ގެނެސްދީފައިވާ ފިލުމެކެވެ.

އަބޭ (2001) – ކިލްބިލް (2003)

ޕްލޮޓްގައި ތަފާތު ހުރި ނަމަވެސް ފިލުމުގެ އެކްޝަން ސީންތަކަކީ ދާދި އެއްގޮތް ސީންތަކެކެވެ.

ޖަބް ވީ މެޓް (2007) – ލީޕް އިޔާ (2010)

ލީޕް އިޔާއަކީ ޖަބް ވީ މެޓްގެ ކޮޕީއެއް ނޫންކަމަށް ޑައިރެކްޓަރ ބުނި ނަމަވެސް މި ފިލުމުން ދައްކުވައިދެނީ އެއްވެސް ބަދަލެއް ނެތި ޖަބް ވީ މެޓްގެ ވާހަކަތަކެވެ.

މީގެއިތުރުން ވެސް މި ލިސްޓުގައި ގިނަ އަދަދެއްގެ ފިލުމު ހިމެނެއެވެ