ބޮލީވުޑްގައި އެންމެ ބޮޑަށް ފާހަނގަކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާނާއި އާމިރު ޚާނަކީ އެމީހުންގެ މަޝްހޫރު ކަމުގެ އިތުރުން ރަހުމަތްތެރިކަމުގެ ވެސް ފާހަގަ ކޮށްލެވޭ ދެ ފަންނާނުންނެވެ.

ނަމަވެސް 1994 ވަނަ އަހަރު މި ދެ ފަންނާނުން އެކުގައި ކުޅުނު ކޮމެޑީ ފިލުމު ''އަންދާޒް އަޕްނާ އަޕްނާ'' އަށް ފަހު ދެ މީހުން އެކުގައި ފިލުމެއް ނުކުޅެއެވެ.

ސަލްމާނާއި އާމިރު އެކުގައި ފިލުމަކުން ދެކެން ބޭނުންވާ އެތައް ބަޔަކު ތިބި ނަމަވެސް އާމިރު ބުނެފައިވަނީ ސަލްމާނާއި އެކު ފިލުމުގައި މަސައްކަތް ނުކުރާނެ ކަމަށެވެ.

''އަންދާޒް އަޕްނާ އަޕްނާ'' ގެ ސެޓުގައި މި ދެ އެކްޓަރުން އެކަކު އަނެކަކާއި ނުގުޅޭ ކަމަށް ވެސް ވާހަކަތައް ދެކެވިފައިވެއެވެ.

އާމިރު ޚާން 2013 ވަނަ އަހަރު ބައިވެރިވި ކޮފީ ވިތު ކަރަންގެ އެޕިސޯޑުގައި ބުނެފައިވަނީ ސަލްމާނަކީ ރުންކުރު މީހެއް ކަމަށާއި އެހެން މީހުންގެ އިހުސާސްތައް ދަންނަ މީހެއް ނޫން ކަމަށެވެ. ސަލްމާނާއި އެކު މަސައްކަތް ކުރުމަށް ފަހު ދެން އޭނާއާއި އެކު މަސައްކަތް ނުކުރުމަށް ނިންމި ކަމަށް ވެސް އާމިރު ބުނެފައިވެއެވެ.

ދެމީހުންގެ ގުޅުން ހީނަރުވެފައި ވަނިކޮށް 2002 ވަނަ އަހަރު އާމިރުގެ ފުރަތަމަ ކައިވެނި ރޫޅި، އޭނާގެ އެންމެ ހިތްދަތި ދުވަސްތަކުގައި ސަލްމާން ޚާން ވެދިން އެހީތެރިކަމުން އަނެއްކާ ވެސް ދެމީހުންގެ ރަހުމަތްތެރިކަން ފެށުނު ކަމަށް ވެއެވެ. އެއަށް ފަހު ދެމީހުންގެ ރަހުމަތްތެރިކަން އިތުރަށް ވަރުގަދަ ވަމުން އައި ކަމަށް އާމިރު ބުނެފައިވެއެވެ.

އެކުގައި މަސައްކަތް ނުކުރި ނަމަވެސް ވަރަށް ގާތް ގުޅުމެއް ސަލްމާނާއި އޮންނަ ކަމަށް އާމިރު ޚާން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމްޖަދު ޚާން

    އާމިރު ގެ ކުރީގެ އަންހެނުން ދާދިފަހުން ބުނީ އާމިރު ޚާން އަކީ އެތައް ދުވަހެއްވަންދެން ފެންނުވަރާ ހުންނަ މީހެއް ކަމަށް. ޢަދި އާމިރު އަށް ވެގެންވަންޏާ ދުވަހަކުވެސް އޭނަ ފެންނުވަރާނެކަމަށް . ޢޭގެ ރައްދުގައި އާމިރު ބުނީ ތިމަންނަ ފެންނުވެރިއަސް ގައިން ނުބައިވަސް ނުދުވާނެކަމަށް.