ލޯތްބަކީ އެއްވެސް ކަމެއްގެ ތަފާތު ގަބޫލު ކުރާ އިހްސާސެއް ނޫނެވެ. ހާއްސަކޮށް އުމުރުގެ ތަފާތަކީ "ލޯބި" އެއްވެސް ވަރަކަށް ދަންނަ އެއްޗެއް ނޫނެވެ. އެކަން މިވާހަކައިން ވެސް އެނގެއެވެ. މިއީ އެމެރިކާގެ ޖޯޖިއާގެ ދެމަފިރިންނެވެ. އުމުރުން 61 އަހަރުގެ ޗެރީލް އާއި އުމުރުން 24 އަހަރުގެ މެކޭން މިހާރު ތައްޔާރުވަމުން ގެންދަނީ އެމީހުންގެ ފުރަތަމަ ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އުމުރުގައި 37 އަހަރުގެ ތަފާތު ހުރިނަމަވެސް ދެމީހުންގެ ދެމެދުގައި އޮންނަ ލޯތްބަށް ބަދަލެއް ނާދެއެވެ. ޗެރީލް އާއި މެކޭން ފުރަތަމަ ބައްދަލުވީ 2012 ވަނަ އަހަރު އެވެ. އޭރު މެކޭންގެ އުމުރުން އެންމެ 15 އަހަރެވެ. ދެމީހުންގެ ދެމެދުގައި އަލުން ގުޅުން ބަދަހިވެ އެގުޅުން ލޯތްބަށް ބަދަލުވީ 2020 ވަނަ އަހަރު ެމީހުން އަނެއްކާވެސް ބައްދަލުވެގެންނެވެ.

ޗެރީލްގެ ހަތް ކުދިން ތިބެވެ. އޭނާ އަށް މާމަ ކިޔާ 17 ކުދިން އެބަތިއްބެވެ. ޗެރީލް އާއި މެކޭން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެދެމަފިރިންގެ ވެސް ދަރިއަކު ހުރުން އެއީ އާއިލާ އަށް ލިބޭނެ އިތުރު އުފާވެރިކަމެއް ކަމަށެވެ.

"އަހަރެމެން ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި. އަހަރެމެން މިހާރު މިތިބީ އާއިލާއެއް ބިނާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި. އަހަރެންގެ 17 މާމަދަރިން އެބަތިބި. އެކަމަކު އަހަރެމެން ގަބޫލު ކުރަނީ މިހާރު ދަރިއަކު ބޭނުންވާ ކަމަށް." ޗެރީލް ބުންޏެވެ.

ޗެރީލްގެ އުމުރު މައްޗަށް ގޮސްފައި ވުމުން ދެމީހުން ދަރިއަކު ހޯދުމަށް ތަފާތު ގޮތްގޮތައް ބަލަމުން އަންނަ ކަމަށް އެމީހުން ބުނެއެވެ.

ޗެރީލް ބުނާ ގޮތުގައި އޭނާ މެކޭން އާއި ކައިވެނި ކުރަން މާބޮޑަށް ގަބޫލު ނުވިނަމަވެސް މިހާރު ހުރިހާކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަންގޫން

    އެތަނުން މާމަ ދަރިއަކާ ތިސޮރު ދެވިނަމަ އާއިލާއެއް ގެ ބިންގާ އެޅުނީސް

    30
    1
  2. ކަމަނަ

    ކޮންމެސް އަމިއްލައެދުމެއް އޮތީމަ އެމީހާ ދަރިއަކާ އެކީ އުޅެފަވެސް ދަރިއަކު ހޯދަފާނެ ތީކޮންބައެއް ހަރާމެއް ހަލާލެއްނުބަލާނެ

    6
    1
  3. ޝައްފަ

    ލޯތްބަކީ ލޯކަނު އެއްޗެއް.