އިންޑިއާއަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާފައިވާއިރު، އެ ގައުމުގެ އަވަށެއް ކަމަށްވާ ސަހަރްޕޫރް ވިލޭޖްގައި އެއްވެސް މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.
އޭގެ ސިއްރަކީ އަވަށުގައި ދިރިއުޅޭ 12،100 އަށްވުރެ ގިނަ މީހުން އެ ބަލިން ސަލާމަތް ވުމަށް އަމިއްލަ މޮޑެލްއެއް ގެންގުޅުމެވެ.
ބިހާރްގެ ގާޔާ ޑިސްޓްރިކްޓްގެ މި ވިލޭޖްގައި ދިރިއުޅޭ މީހުން ކޮވިޑަށް ފައްސިނުވާތީ ސޮސައިޓީ ފޯ އެމްޕަވާމެންޓުން ވަނީ ހެލްތް ސާވޭއެއް ހަދާފައެވެ. އަދި އެ ސާވޭ ރިޕޯޓް ވަނީ އާއްމުށްފައެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، ފަގީރު ހިސާބެއްގެ ގޮތުގައި އޮންނަ ވިލެޖްގައި ލިޔަން ކިޔަން ދަންނަ މީހުންގެ ރޭޓަކީ އެންމެ 52.9 ޕަސެންޓް ކަމެވެ. އަންހެން ކުދިން ލިޔަންކިޔަން ދަތުމުގެ ނިސްބަތް 24.7 އިންސައްތައިގައި ހުރި ނަމަވެސް، ފެތުރޭ ބަލިތަކުން ސަލާމަތްވުމަށް އެ އަވަށުގެ މީހުން ވަނީ ހުށިޔާރުވެފައެވެ.
އެގޮތުން އެ ސާވޭއިން އެނގުނުގޮތުގައި އެ އަވަށު މީހުން ކޮވިޑުން ސަލާމަތްވެފައި ވަނީ އަމިއްލަ ގޮތްތަކެއް ގެންގުޅެގެންނެވެ. އެ މީހުންގެ އަމިއްލަ އުފެއްދުންތައް ބޭނުންކޮށް ކަންކަން ކުރަން ފެށުމުންނެވެ. އެ ސާވޭއިން ބުނީ އެ މީހުން ގެންގުޅެނީ އެންމެ ކުރީގެ އާދަޔާ ހިލާފު ގޮތްތަކެވެ. އެގޮތުން ހިތިފަތް ފެނުގައި ހޫނުކޮށްގެން ތައްޔާރުކޮށްފައިވާ އަމިއްލަ ސެނެޓައިޒާ އެ މީހުން ބޭނުން ކުރެއެެވެ. އަދި އެ ނޫންވެސް އެކި ކަންކަން އެ މީހުންކޮށް އުޅެނީ އެންމެ އިހުގެ ގޮތަށެވެ.
"ވިލެޖުގެ މީހުން އަމިއްލައަށް މޮޑެލް އެއްގެ ދަށުން ބަލިން ސަލާމަތްވުމުގެ ކަންކަން އޮތްއިރު، މިއަދާ ހަމައަށް ވެސް ވިލެޖުން އެންމެ ކޮވިޑް ވޭދަނައެއް ރިޕޯޓްކޮށްފައެއް ނުވޭ." ޕްރޮޖެކްޓް ޑައިރެކްޓަރު އެސް ނާރަޔަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، މި އަވަށު މީހުން ބިރެއް ނެތި އުޅުނީ އިހުގެ ކަންކަމުގައި ހިފައްޓައިގެން ބަލިން ސަލާމަތްވީއެވެ. އަދި އިންޑިއާއަށް ބަލީގެ ތިން ވަނަ ރާޅު އަރައި، އެ ސްޓޭޓްވެސް ބައްޔާއި ހަނގުރާމަ ކުރާއިރު، އަދިވެސް އެވަށު މީހުން ދަނީ ކުރީގެ ގޮތްގަޑުގައި ހިފަހައްޓަމުންނެވެ.
ނާރަޔަން ވިދާޅުވިގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅި އާއި އިކޮލޮޖީ އަދި ތިމާވެށީގެ ހާލަތުގެ ސަބަބުން ވެސް އެ އަވަށުގެ މީހުންނަށް ކޮވިޑް އިން ދިފާއުވުމަށް އެހީތެރިވެދެއެވެ.
އެ ސާވޭއިން އެނގުނުގޮތުގައި، އެ އަވަށު މީހުންގެ ފަގީރު ނަމަވެސް އެ ބަލިން ސަލާމަތްވުމަށް އަމިއްލައަށް މަސައްކަތްކޮށް ކުރި ހޯދައިފިއެވެ. އަދި އެ ފަގީރުކަމުގެ ސަބަބުން އެ މީހުން އެހެން އަވަށްތަކަށް ދިއުން ހުއްޓިފައިވާއިރު، މާކެޓްތަކަށް ދިއުމަށްވެސް އެހެން އަވަށްތަކަށް ނުދާ ކަމަށް ވެއެވެ.
ނޫން މުސްކުޅިގޮތް ކަމު ނުދާނެ......ކޮބާ ހީވޭ ކުރީގެ ކަޓް ގޮތްތައް ކަމުގައި ކިޔަމުން ެެެެއަންން މީހުމްނޭa
ތިޔަ ގެންގުޅޭ މުސްކުޅިގޮތްތައޑވެސް މި ކިޔުމުގައި ހިއްސާކުރުމަށް. ހާދަ ފޭކު ލިޔުން ތެރިކަމެކޭ .
މުސްކުޅިގޮތްތަކުގެ ސަބަބަކުން ނޫން
ޢެބުނީ އެއަވަށުގެ މީހުން އަވަށުން ބޭރަށް ނުދާވާހަކަ އެހެން އަވަށުގެ މީހުން އެ އަވަށަށް ނާންނަ ވާހަކަ . ބަލި ފެތުރެނީ ބަލި ޖެހިފަ ހުރި މީހެއްގެ ފަރާތުން ކަމަށް ވާއިރު އެފަދަ ކަމެއް ނުހިގާނަމަ ބަލި ނުފެތެރޭނެތާ!
މުސްކުޅި ގޮތަކީ ނޫން. ކޮވިޑަކީ ބަޔަކު އުފައްދައިގެން އުޅޭ އަމިއްލަ ބައްޔެއްވީމަ އެބަލި ފެންންނީ އެބަލި އުފައްދައިގެން އުޅޭ މީހުން ގެންގުޅޭ އާލާތްތަކުން ޓެސްޓްކުރާ މީހުން އެކަނި ވީމަ. ކޮވިޑަކީ ހިޔާލީ ބައްޔެއްގެ ގޮތުގަ ދެކި އެޤަބޫލު ނުކޮށް އެޔަށްޓެސްޓް ނަހަދާ އުޅޭބަޔަކު އުޅޭތަނެއްގަ ކޮވިޑެއް ނޮއޮންނާނެ
ޓެސްޓު ނުކުރަންޏާ ކޮވިޑް ޖެހުނުކަމަކަށްނުވާނެ އެކަކުވެސް.
މިރަށުގަ ވައްކަމެއް ވެސް ނުކުރޭ. ވަގަށް ނަގާނެ އެއްޗެއް ނެތަތީވެ.
އަދި އެއަވަށުމީހުން މަސްތުވާތަކެތިވެސް ބޭނުންނުކުރޭ !!