މީގެ ތިން އަހަރު ކުރިންވެސް އެތައް ބަޔަކަށް މި ބިހުގެ ފޮޓޯގެ ވާހަކަދެއްކިއެވެ. އެއީ މި ބިހުގެ ފޮޓޯއަށް އެއިރުވެސް އެތައް ހާސް ބަޔަކު ލައިކް ދީފައި ވުމުންނެވެ. އިންސްޓަގްރާމްގައި އަދިވެސް އެންމެ ގިނަބަޔަކު ލައިކް ކޮށްފައި ވަނީ މި ފޮޓޯކަށް ގިނަސް ވޯލްޑް ރެކޯޑްސް އިން ބުނެފައި ވެއެވެ.

އެ ފޮޓޯއަށް މިހާތަނަށް 55.5 މިލިއަން ލައިކްސް ލިބިފައިވާއިރު، 3.4 މިލިއަން ކޮމެންޓްސް ލިބިފައި ވެެއެވެ.

"ވޯލްޑް ރެކޯޑް އެގް ޕޯސްޓް ކުރީ މީގެ ތިން އަހަރު ކުރިން، މިއަދު ވެސް އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯއަކީ 55.5 މިލިއަން ލައިކްސް އާއެކު މި ފޮޓޯ.". ގިނިސް ވޯލްޑް ރެކޯޑްސްއިން ކުރި ޓްވީޓްގައި ވެއެވެ.

އެ ފޮޓޯ ޕޯސްޓްކޮށްފައިވާ އެކައުންޓްގައިވެސް އިނީ އެންމެ ފޮޓޯއެއްކަންވެސް މިއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

އެ ޕޭޖްގައި އިތުރު އެއްވެސް ފޮޓޯއެއް ނެތެވެ. އެކަމަކު ވީޑިއޯ ސެކްޝަންގައި ދެ ވީޑިއޯއެއް ހިއްސާކޮށްފައިވާއިރު، އެއީ 2020ގައި އާއްމުކޮށްފައިވާ ދެ ވީޑިއޯއެކެވެ. އެ އެކައުންޓަށް ފޮލޯ ކުރާ މީހުންގެ އަދަދު 4.8 މިލިއަނަށް އަރައެވެ.

ކުކުޅުގެ ބިހެއްގެ އެ ފޮޓޯ އާއްމުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ދުނިޔޭގެ ރެކޯޑް ހެދުމަށާއި، އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ލިބުނު ފޮޓޯއަށް މި ފޮޓޯ ހެދުމަށް".

ކުރިން ރެކޯޑް ގާއިމްކޮށްފައި ވަނީ ކައިލީ ޖެނާއެވެ. އޭނާގެ ފޮޓޯއަކަށް 18 މިލިއަން ލައިކްސް ލިބިފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އެހެންތާވާނީ ދިވެހިންނަކީ ދިވެހިންގެ ގޮތުގައި ގަމާރުކަންމަތީ ތިބޭބައެއްވިޔާ