އިންޑިއާގެ މަހާރާޝްތުރާގެ ވަރްދާ ޑިސްޓްރިކްޓުން ދިމާވި ހައިރާންކުރުވަނިވި ހާދިސާއަކަށްވީ އަރްވީ ޓެހްސިލްގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގެ ބަޔޯގޭސް ޕްލާންޓަކުން 11 ބޮލުގެ ނާށިގަނޑާއި، ނުވިހާ 56 ކުއްޖެއްގެ ކަށި ފެނުމެވެ.

މިކަންތައް ފުލުހުންގެ ސަމާލުކަަމަށް އައިސްފައި ވަނީ، އުމުރުން 13 އަހަރުގެ ކުއްޖެއްގެ ދަރިފުޅު އެބޯޓް ކުރި ކަން ބަލަން ފެށި ތަހުގީގު ކުރަން ފެށުމުންނެވެ. އެ ކުއްޖާގެ އާއިލާ އެ ކުއްޖާ ކަޑަމް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ފެސިލިޓީގައި ގަވާއިދާ ހިލާފަށް އެބޯޝަން ހެއްދުމަށެވެ. އެ މައްސަލައިގައި އެ ކުއްޖާގެ ލޯބިވެރިޔާވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އޭނާގެ ލޯބިވެރިޔާގެ ދަރިއެއް ކަަމަށް ވެއެވެ.

އަދި އެ މައްސަލައާ ގުޅިގެން ކަޑަމް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ރޭޚާ ކަޑަމް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 18 އަހަރު ނުވާ ކުއްޖަކު އެބޯޓް ކުރަން ގެނައުމުން އެކަން ކަމާއި ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ނުގެނައުމުންނެވެ.

އަދި އިތުރަށް އެ މައްސަލަ ތަހުގީގު ފެށުމުން ފުލުހުންނަށް ވަނީ އެތަނުގައި ހިންގާ އެތައް ކަމެއް ފަޅާއަރާފައެވެ.

އެގޮތުން ބުދަ ދުވަހު ފުލުހުންގެ ޓީމުން އެ ހޮސްޕިޓަލުގެ ބަޔޯގޭސް ޕްލާންޓް ބަލާ ފާސްކޮށް، އެތަނުން 11 ބޮލުގެ ނާށިގަނޑާއި، ނުވިހާ އެބޯޓްކޮށްފައިވާ 54 ކުއްޖެއްގެ ކަށިތައް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ކަށީތައް މިހާރު ވަނީ ލެބޯޓްރީއަށް ފޮނުވާފައެވެ.

އަދި މިހާރު ބަލަމުން ދަނީ ހޯދުނު ކަށިތަކަކަކީ ގާނޫނާ ހިލާފަށް ނައްތާލެވިފައިވޭތޯ ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު