އިންޑިއާގެ ކާރޫބާރު ބޮޑު މަގަކުން ހުރަސް ކުރި ބޮޑު ހަރުފައަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ މަގުތަކަކީ އަބަދުވެސް ވަރަށް ބޮޑަށް ވެހިކަލްތަކުން ތޮއްޖެހިފައި އޮންނަ މަގުތަކެކެވެ. ހާއްސަކޮށް ކާރާއި ސައިކަލް ދުއްވާ މީހުން ގިނައެވެ.

ގިނަ މީހުން ބޭނުން ވާނީ ވީ އެންމެ އަވަހަކަށް އެމީހަކު ދާން ބޭނުންވާ މަންޒިލަކަށް ދާށެވެ. ޓްރެފިކާ ހެދި، ހިތްހަމަނުޖެހޭ އެތައް ބަޔަކު އުޅެއެވެ. އެކަމަކު، އެފަދަ މީހުން ވެސް މިފަހަރު ޖެހުނީ ކެތްތެރިވާށެވެ.

އިންޑިއާގެ ކެރެލާގެ މަގެއް މަތިން 6.5 ފޫޓުގެ ބޮޑު ހަރުފައެއް މަގު ހުރަސް ކުރި ވީޑިއޯއެއް ދާދި ފަހުން ވަނީ ހާމަވެފައެވެ. ރޭގަނޑު ގަޑީގައި އެ ހަރުފަ މަގު ހުރަސްކޮށް ވިނަގަނޑުތައް ތެރެއަށް ވަދެގެން ދިޔައީ ވަރަށް "ފިރުކެމުން"ނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސަރަހައްދުން ވެހިކަލްގައި ދިޔަ ގިނަ ބަޔަކު ތިބެން ޖެހުނީ އެ ހަރުފަ ވިނަގަނޑު ތެރެއަށް ވަދެގެން ދަންދެން އިންތިޒާރުގައެވެ.

https://www.youtube.com/watch?time_continue=5&v=7BxZg3JKNeU&feature=emb_logo

ޕައިތަން މަގުން ހުރަސް ކުރަމުން ދިޔަ ގަޑީގައި ގިނަ ބަޔަކު ސައިކަލްތަކާއި ކާރުތައް ހުއްޓުވައިގެން ތިބެން ޖެހުނެވެ. އަދި ބައެއް މީހުން ހަރުފަގެ ވީޑިއޯ ދިޔައީ ނަގަމުންނެވެ.

އިންޑިއާގެ ފޮރެސްޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ބުނީ ކެރަލާގައި ހަރުފަ އާންމުކޮށް ފެންނަމުން އަންނަތާ މިހާރު 3-4 އަހަރުވެދާނެ ކަމަށެވެ. އެގޮތުން ހަފްތާއަކު، ދެ ތިން ފަހަރަކު ހަރުފަ ފެނިގެން އުޅޭ ކަމަށް ބުނެ، ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދުތަކަށް ގޮސް އުޅޭ ކަން އޭނާ ފާހަގަ ކުރިއެވެ.

ޕައިތަން އާންމުކޮށް ނުކުމެ އުޅެނީ މީދާ ފަދަ އެއްޗެހި ކެއުމުގެ ބޭނުމުގައެވެ.

މީގެ މަހެއް ކުރިން ބޮޑު ޕައިތަންއެއް ކާރެއްގެ ދަށުގައި ފިލާ އޮއްވައި ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު