އިންޑިއާ ރަޖަސްތާން މަގުމައްޗެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލުގައި އިން ތިން މީހަކު ލެއިން ތަތްތެޅުނުއިރުވެސް އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބި މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިއަދުގެ ވަގުތެއްގައި އެ އެކްސިޑެންޓް ހިނގިއިރު، އެ ތިން މިހުންވެސް ވަނީ މަރުވެފައެވެ. އެ ތިން މީހުންގެ ތެރެއިން އެކަކު އެތަނަށް މަރުވިއިރު އަނެއް ދެ މީހުން މަރުވީ ހޮސްޕިޓަލަށެވެ.

އެ މީހުން އެކްސިޑެންޓްވެ ކަންތައް ވެގެން ދިޔަ ގޮތް ފެންނަ ވީޑީޔޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިޔޯއިން ފެންނަނީ އެ މީހުން އެކްސިޑެންޓްވެ އެހީތެރިކަަމަށް ގޮވާއި ރުއިއިރުވެސް އެއްވެސް މީހަކު އެ މީހުންނަށް އެހީތެރިވެފައިވާ ނުވާ ތަނެވެ.

ބަދަލުގައި މަގުމަތިން ހިނގާފައި ދިޔަ ބައެއް މީހުން ސެލްފީ އަދި ވީޑިޔޯ ނެގުމުގައި ހަރަކާތްތެރިވަމުންދިޔައިރު، އަނެއްބަޔަކު އެއީ ކޮން ބައެއްތޯ ބެލުމަށް އެ މީހުން ފޯންތައް ޗެކް ކުރުމުގައިވެސް ހަރަކާތްތެރިވިތަން ފެނެއެވެ.

އެ ތިން މީހުންނަކީވެސް އެހެން އަަވަށަކަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންނަކީ އެ އަވަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެކެވެ.

ފުލުހުން ބުނީ، މަގުމަތިން ބައެއްގެ އެހީތެރިކަމާއެކު އެ ތިން މީހުންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލަށް ގެންދިޔަ ނަމަ އެ މީހުންގެ ފުރާނަ ސަލާމަތްކުރެވުނީވެސް ކަމަށެވެ. އަދި ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރުވަންދެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބި އެ ކުދިން މަގުމަތީގައި އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ، އެ މަންޒަރު ވީޑިޔޯކޮށް ފޮޓޯ ނަގާ އުޅުނު މީހުން އަދި ހޯދިފައިނުވާ ކަަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރުހާނުއްދީން

    މިހާެރު މީގުންގެ ފުރާނައަށްވުރެ ސެލްފީގެ އަގުބޮޑު.

  2. ނޫރަން

    ރާއްޖޭގެވެސް. އޮންނަނީ ތިހާލަތު. ތިފަދަ ކަމެއްވިއަސް އަޅާލާ. ބައެކުނުތިބޭ.އީމާންތެރި.ކަމެއް ހިތުތެރޭގަ ނުހުރޭ.

  3. އަންނި

    ރާއްޖޭގެ ހާލަތަކީވެސްހަމަމީ!

  4. ހަހުރަ

    ސެލްފީ ނެގުމާ ބެހޭ ގާނޫނެއް ފާސްކުރަންވީ!!!