ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގޮއްވާލި ހާދިސާ އާއި ގުޅޭ ފިލްމެއް ހަދަން ރާއްޖޭގެ މަޝްހޫރު އެކްޓަރު އަލީ ސީޒަން ނިންމައިފިއެވެ.

ސީޒަން މިއަދު ބުނީ "ފިނިފެންމާ" ގޮއްވާލި ހާދިސާ އަށް ތައްޔާރު ކުރާ ފިލްމަށް ކިޔާނީ "ފިނިފެންމާ: ގައްދާރުވީ ކާކު؟" އެވެ. މިފިލްމްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ފިލްމް ޕްރޮޑިއުސް ކުރަނީ ސީޒަންގެ "އެސް ޕްރޮޑަކްޝަން" އިންނެވެ.

ސީޒަން ބުނީ މިފިލްމްގައި ގިނަ ސްޕެޝެލް އިފެކްޓްސްތަކެއް ހިމަނާފައި ވާނެ ކަމަށާއި އަދި ފިލްމް ކުޅުމަށް ހާއްސަކޮށް ސެޓް ވެސް ހަދަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ލަފާ ކުރެވޭ ގޮތުގައި ފިލްމަށް 1.2 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އޭނާ ބުންޏެވެ.

ސީޒަން ތައްޔާރުވަމުން އަންނަނީ ރޯދައިގެ ކުރިން ފިލްމް ލޯންޗްކޮށް މިއަހަރުގެ މެދުތެރޭގައި ފިލްމްގެ ޝޫޓިން ފަށާށެވެ. އަދި އަހަރުގެ ފަހުކޮޅު ފިލްމް ސިނަމާއަށް ގެންނަން ވަނީ އަމާޒު ހިފާފައެވެ.

2015 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު މާލެ ވަޑައިގެން ރަސްމީ ފާލަމާއި "ފިނިފެންމާ" ލޯންޗް ކައިރި ކުރި ވަގުތު ލޯންޗް ގޮއްވާލި ހާދިސާ އާއި ގުޅިގެން އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ޝަރީޢަތް ހިންގާފައެވެ. "ފިނިފެންމާ" ގޮއްވާލީ އަދީބު އިސްވެ ހުރެގެން ކަން ޝަރީޢަތައް ވަނީ ސާބިތުވެފައެވެ. އެމައްސަލައިގައި ސިފައިންގެ އިތުރު ބަޔަކު ވެސް ބައިވެރިވާކަން ސާބިތުވެ ޖަލަށް ލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައިނީ

    އަދި އެޕެންޓުރައިވް ވެސް ހަދާނުނިމެނީސް އެނެއް ފިލްމް ލޯންޗް ކުރީތަ

    2
    1
  2. ގައްބަޅޭ އައްނި

    މިއަހަރުގެ އިންތިޚާބުދާގޮތަކުން ތިފިލްމުގެ ވާހަކަ ދެއްކޭނީ!

    3
    1
  3. ޝާސާ

    ކަޅު ފޮއްޓަށްވެސް ފިލްމެއް ހަދަފެނޭ

    2
    1
  4. ޜިޒާ

    ޢެކަޅު ފޮށި..
    ޢެ ފިނިފެންމާ