ދުނިޔޭގައި އުޅޭއިރު ގިނަ ބަޔަކު ހުވަފެންތައް ދެކެއެވެ. ދުނިޔޭގައި އުޅޭއިރު ކުރަން ބޭނުންވާ ކަންތައްތަކެއް ހުރެއެވެެ. ނަމަވެސް މިހުފެންތައް ޙަޤީޤަތަކަށްވަނީ މަދު މީހަކަށެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ހުވަފެން ޙަޤީޤަތަށް ނުވާ ބައެއް މީހުން ތިބެއެވެ.

މިފަހަރުވެސް މިފަދަ ވާހަކައެކެވެ. ނަމަވެސް މިހަފަރު ހުވަފެން ޙަޤީޤަތަށް ހެދުމަށް އިޚްތިޔާރު ކުރީ ނުބައި މަގެކެވެ. ކުރަންފެށީ ވައްކަމެވެ.

މިއީ އިންޑިޔާގެ ބެންގަލޫރްގެ 2 މީހެއްގެ ވާހަކައެވެ. މިދެމީހުން އަބަދުވެސް ދެކެމުން އަންނަ އެއް ހުވަފެނެއް އޮވެއެވެ. އެއީ އިންޑިޔާގެ ޤައުމީ ކުރިކެޓް ޓީމަށް ކުޅެ ޤައުމު ފަޚްރުވެރިވުމެވެ. ނަމަވެސް މިދެމީހުންގެ މި ހުވަފެން ޙަޤީޤަތަށް ހެދުމަތް އޮތް އެންމެ ބޮޑު ދައްޗަކީ ރުފިޔާގެ ދަތިކަމަށެވެ. މިހެން ކަމުން މި ދަތި ހުރަސް ކުރުމަށް މިމީހުން ނިންމިއެވެ. ނަމަވެސް މިމީހުން މިކަން ކުރަން ނިންމީ ވަންކަންކޮށްގެނެވެ.

މިހާތަނަށް މިގޮތަށް 22 ވައްކަމެއް މިމީހުންކޮށްފައެވެ. އެންމެ ފަހުން މިމީހުން ލޫޓުވީ މީޙެއްގެ ހާރެކެވެ. މިހާރު ވަގަށް ނެގުމާއެކު މިމީހުން ކުރަމުން އައި މަސައްކަތް މަޑު ޖެހުނެވެ. ސަބަބަކީ ފުލުހުން މިމައްސަލައިގައި މިމީހުން ހައްޔަރު ކުރުމެވެ.

މިދެ މީހުން ހައްޔަރު ކުރި އިރު 30 ލައްކަ އަށް ވުރެ ގިނަ ރުފިޔާވަނީ ހޯދާފައެވެ. މިމީހުން ބުނެފައިވަނީ މިއީ ޤައުމީ ޓީމްއަށް ކުޅުމަށްޓަކައި ލާން ޖެހޭ ޑިޕޮސިޓް ލުމަށް ހޯދި ފައިސާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 19 ވަނަ އަހަރުގެ ދެމީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާވިސްނާ

    މުއްސަނދީންނާ އެމީހުންގެ ދަރިންނަށް ނޫނީ ކަންކަމުގެ ދޮރުތައް ނުހުޅުވޭ ގޮތަށް ރޭވިފައިވާ މުޖުތަމައުތަކުގައި މިގޮތަށް ކަންކުރުމަކީ ގިނަގިނައިން ވެދާނެ ކަންކަމެވެ. މީވަރަށް ވާހަކައެވެ!