އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް އިނގިރޭސި ތަހުތުގައި ހުންނަވާތާ 70 އަހަރުވާން ކައިރިވެފައިވާ އިރު މިއީ އިނގިރޭސި ތާރީހުގައި ވެސް ތަހުތުގައި އެންމެ ގިނަ އަހަރަށް ހުންނެވި އެއް ބޭފުޅަކަށް ވާނެއެވެ. އެކަމަނާއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަވަން ވަރަށް ބޮޑު އިސްކަމެއް ދޭ ރާނީއެކެވެ.

އެލިޒެބަތަށް މިއަހަރުގެ އޭޕްރީލް މަހު 96 އަހަރު ވާއިރު، އެކަމަނާގެ "ޕްލެޓިނަމް ޖުބިލީ" އޮންނާނީ އަންނަ މަހުގައެވެ. މިއީ ތާރީހީ ގޮތުން ބޮޑު ދުވަހަކަށް ވެގެންދާނެ ދުވަހެކެވެ.

އުމުރުފުޅުން 95 އަހަރުފުޅުގެ އެލިޒެބަތު އަދިވެސް ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރައްވައެވެ. އެކަމަނާގެ ކޮންމެ ދުވަހަކުވެސް 8.5 ގަޑިއިރަށް އަވަހާރަފުޅު ލައްޕަވައެވެ. ނިންޖަކީ ގިނަދުވަހަށް ދުނިޔޭގައި ހުރުމަށް މުހިންމު އެއްކަމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެންމެ މުހިންމު އެއް ކަންތައް ގޮތުގައި ސައިންސްވެރިން ދެކެއެވެ.

އެންމެ މަދުވެގެންވެސް ފަސް ގަޑިއިރުގެ ނިދި ކޮންމެ އިންސާނަކަށްވެސް ބޭނުންވާއިރު އެއަށްވުރެ މަދުން ނިދި ލިބޭނަމަ ބަލިވެ އުމުރު ކުރުވުމުގެ ބިރު އޮންނާނެ ކަމަށް ސައިންސުވެރިން ބުނެއެވެ.

ރާނީ އަވަހާރަފުޅު ލައްޕަވާއިރު، އެކަމަނާގެ ބެޑްޝީޓްގެ މެދުގައި ހޫނު ފެން އަޅާފައި އޮންނަ "ހޮޓް ވޯޓަރ ބޭގް" އެއް ބާއްވައެވެ. މީގެ ސަބަބުން ގައިގެ މަސްތައް ހަމަޔަކަށް އެޅި ފިނީގެ ސަބަބުން ރޯގާ ޖެހުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

ކަސްރަތު ކުރުމުގެ ގޮތުން އަބަދުވެސް ރާނީ ގަނޑުވަރުގެ ބަގީޗާގެ ތެރޭގައި ހިންގަވާ ހައްދަވައެވެ. އަދި އަސް ދުއްވުމަކީ އެކަމަނާ ވަރަށް ލޯބި ކުރައްވާ ކަމެއް ކަމަށް ވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާނީ ވެސް ގެންދަވަނީ މީހުންނާ އެކަހެރިވެ އުޅުއްވަމުންނެވެ. ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ބައްދަލުވުންތަކުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވަނީ ވަރަށް މަދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ކޮޅަށް ހުންނައިރުވެސް ނިދާފައި ހުންނަ މީހެއް. ހޭލާ ހުރި ދުވަސްވަރަކީ ނާސިރު ދައުރުގައި މާލެއައިސް އުޅުނުއިރު

    20
    1
  2. Anonymous

    ކޮބާ ބޮޑުވަޒީރު ވަކިކުރީތަ؟

    10
    2
  3. ނަޒީ

    ދުނިޔޭގެ އަރާމާ ލައްޒަތާއި ޖާހުގައި ރަގަޅަށް ނިދާލެވޭތޯ ބަލާ! އިސްލާމްދީނުން ބޭރުވެހުރެ ތިގޮތަށް ހުރެ މަރުވެއްޖެނަމަ ދުނިޔެ އަރާމަސް ދެން އޮތީ އަލިފާނުގެ ކަނޑެއް!