އުމުރުން އެންމެ ފަސް މަހުގެ ތުއްތު ކުއްޖަކު، ނުރައްކާތެރި ޖަންގައްޔެއްގެ ތެރެއަށް އެކަނި ދޫކޮށްލާފައި އައީ، އެކުއްޖާގެ ބަރުވުމުންކަމަށް މީހަކު ބުނެފިއެވެ.

ފްރޭންސިސް ކާލްޓަން ކްރޯލީ ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ މީހަކު މި ގޮތަށް ކަންތައް ކޮށްފައިވަނީ، އޭނާ ދުއްވަން އިން ކާރު ޖަންގަލިތެރެއަށް އެކްސިޑެންޓުވުމާ ގުޅިގެންނެވެ. އޭނާ މި ވާހަކަތައް ކިޔައިދީފައިވާއިރު، މި ކުއްޖާއަކީ އޭނާއާއިއެކު އެ ވަގުތު ކާރުގައި ދަތުރުކުރަމުން ދިޔަ މީހެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ މޮންޓަނާގައި ހަރަކާތްތެރިވާ ފުލުހުން ބުނެފައިވާ ގޮތުގައި އެފަރާތްތަކަށް އެންމެ ފުރަތަމަ ލިބިފައިވަނީ އެކްސިޑެންޓެއް ހިނގައިން އުޅޭ ޚަބަރެވެ. އަދި، އެންމެ ފުރަތަމަ އެސަރަޙައްދަށް ފޮނުވި ފުލުހުންގެ ޓީމަށް، ކްރޯލީ ބަޑިން އިންޒާރު ދިންކަމަށްވެސް ބުނެފައިވެއެވެ.

ފުރަތަމަ ފޮނުވި ފުލުހުންގެ ޓީމަށް ބަޑިން އިންޒާރު ދޭން ފެށުމުން، އިތުރު ވަރުގަދަ ފުލުހުންގެ ޓީމެއްވެސް އެސަރަޙައްދަށް ފޮނުވިއެވެ. އަދި، އެޓީމާއެކު ޖަންގަލިތައް ބަލަހައްޓާ ފައުޖުގެ މެންބަރުންވެސް ފޮނުވިކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފައިވެއެވެ.

އެމީހުންނަށް ތުއްތު ކުއްޖާ އެސަރަޙައްދުން ފެނުނީ، އެމީހާ ހުއްޓުވަން އައިސް، ކާރު އެކްސިޑެންޓެވަފއިވާ ތަން ރަނގަޅަށް ބަލަމުން ދަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ފެނުނު ކުއްޖާ އޮތީ ދަނޑިތަކެއްގެ ދަށުގައެވެ. އަދި، އެކުއްޖާ ލައްވާފައި ހުރި ހެދުން އޮތީ އެކަށް ތެމި، ވެއްޔާ ތަތްތެޅިފައިކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އިތުރު ފަރުވާއަށް މި ކުއްޖާ އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ފޮނުވާލާފައިވާއިރު، އެކުއްޖާގެ އަނގައިގައިވެސް ދަނޑިކޮޅު ކޮޅު ހުރިކަމަށް މައުލޫމާތު ލިބެއެވެ. އަދި، ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަން ކަނޑައިގެން ގޮސް، ބައެއް ތަންތަން ނޫފާގަނެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން އިތުރަށް ބެލި ބެލުމުން، ކްރޯލީ ނަމަކަށް ކިޔާ މީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަންވަނީ އެނގިފައެވެ. އަދި، މަސްތުވާތަކެތީގެ ބާރުގަދަ ބާވަތްތަކަކަށް އޭނާ ޕޮޒިޓިވް ވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޭލްޝާރކް

    " މި ކުއްޖާއަކީ އޭނާއާއިއެކު އެ ވަގުތު ކާރުގައި ދަތުރުކުރަމުން ދިޔަ މީހެއްކަމަށްވެސް މައުލޫމާތު ލިބެއެވެ."

    ކުއްލިއަކަށް ފަސް މަހުގެ އެކުޑަކުއްޖާ ބޮޑު މީހަކަށް ބަދަލުވީ..... ހައިރާންވެ އަންތަރީސްވެފަ މިހުރީ...