ދެކުނު އިންޑިއާގެ ފިލުމުތަކުން ފާހަގަ ކޮށްލެވުނު ދަނުޝް އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ރަޖްނީކާންތުގެ 18 އަހަރުގެ ކައިވެނި ނިމުމަކަށް އައިސްފިއެވެ.

ދަނުޝް އާއި އައިޝްވާރިޔާ ވެސް އެމީހުންގެ މީސް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ދެމީހުންގެ ކައިވެނި ނިމުމަކަށް އައި ކަމަށް ލިޔެފައިވެއެވެ.

''އެކަކު އަނެކަކަށް ހެޔޮ އެދޭ މީހެއްގެ ގޮތުގައި، ރަހުމަތްތެރިންގެ ގޮތުގައި، ބެލެނިވެރިންގެ ގޮތުގައި އަދި ދެމަފިރިންގެ ގޮތުގައި އެކުގައި އުޅޭތާ 18 އަހަރު. މި ދަތުރަކީ އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި އެކަކު އަނެކަކު ދެނެގަތުމާއި، އެޑްޖަސްޓް ކުރުމުގެ ދަތުރެއް. މިއަދު އަހަރެމެން ދެމީހުންގެ މަންޒިލު ތަފާތުވެއްޖެ. އައިޝްވާރިޔާއާއި އަހަރެންނަކީ މިހާރު ދެމަފިރިންނެއް ނޫން. އަދި މި ވަގުތަކީ ދެމީހުން ވެސް އެމީހެއްގެ އަމިއްލަ ކުރިއެރުމާއި ހިތްހަމަ ޖެހުމަށް ވިސްނާނެ ވަގުތު'' ދަނުޝްގެ ޕޯސްޓުގައިވެއެވެ.

މީގެއިތުރުން ދަނުޝްއާއި އައިޝްވާރިޔާގެ މި ނިންމުމަށް ސަޕޯޓަރުން އިހުތިރާމު ކުރުމަށާއި އެމީހުންނަށް މިކަމުގައި ޕްރައިވެސީ ދިނުމަށް ވެސް އައިޝްވާރިޔާ އެދިފައިވެއެވެ.

މި ޚަބަރުވެގެން ދިޔައީ ދަނުޝްގެ ސަޕޯޓަރުންނަށް ހައިރާންކަން ލިބުނު ޚަބަރަކަށެވެ. އަދި އެދެމީހުން ވަކިވުމުން އެކަމާ ހިތާމަ ކުރާކަން ހާމަކޮށް ދަނުޝްއާއި އައިޝްވާރިޔާގެ ކުރީގެ ފޮޓޯތައް ސަޕޯޓަރުން ދަނީ ހިއްސާ ކުރަމުންނެވެ.

އައިޝްވާރިޔާއަކީ މަޝްހޫރު ސްޕަރ ސްޓަރ ރަޖްނީކާންތުގެ ދަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު