ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. ހަމަ އެފަދައިން ރީތި އަދި އޮމާން ހަންގަނޑެއް ލިބުމަކީ ކޮންމެ މީހެއްވެސް ދެކޭނެ ހުވަފެނެއްކަން ކަށަވަރެވެ. ހަންގަނޑުގެ ދުޅަހެޔޮކަމަށް އެކި މީހުން އެކި ގޮތް ގޮތަށް މަސައްކަތް ކުރާއިރު ބައެއް މީހުންނަކީ ހަންގަނޑު ރީތި ކުރުމަށް ބޮޑެތި ހޭދަތައް ކުރާ މީހުންނެވެ. ނަމަވެސް ވަރަށް ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންވެސް ހަންގަނޑު ރީތި ކުރެވިދާނެއެވެ. އެގޮތުން ކަކުނި މަހަކީ ފާހަގަކޮށްލެވޭ އެއްޗެކެވެ.

ހަންގަނޑު ރީތިވުން

ކަކުނި މަހުގަައި އެކުލެވޭ ޒިންކް އަދި ވިޓަމިން ބީ- 12 ގެ މާއްދާތަކުން ހަންގަނޑުގައި ހަލާކުވެފައި ހުންނަ ސެލްތައް އިތުރަށް ވަރުގަދަވެގެން ދެއެވެ. މިކަމުގެ ސަބަބުން ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކުން ދުރުކޮށްދެއެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުން

ކަކުނީގައި އެކުލެވޭ ބައެއް ކަހަލަ ވިޓަމިން އަދި މިނަރަލްގެ މާއްދާތަކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. އެގޮތުން ސެލިނިއަމް އާއި ޕްރޮޓީން އާއި އޮމެގާ3 ފެޓީ އެސިޑްގެ ސަބަބުން ފަސޭހައިން ޖެހޭ ރޯގާ ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.

ހަށިގަނޑުގައި ވަރުޖައްސައިދިނުން

މީހާ އަވަހަށް ވަރުބަލިވަނީ ނަމަވެސް ކަކުނި މަހަކީ ކެއުން ބުއްދިވެރި އެއްޗެކެވެ. އެހެނީ ކަކުނި މަހުގައި އެކުލެވޭ ނިއުޓްރިއަންސްގެ މާއްދާތަކުގެ ސަބަބުން މެޓަބޮލިޒަމް ރޭޓް އަވަސްކޮށްދޭތީއެވެ.

ބަރުދަން ލުއިކޮށްދިނުން

ބަރުދަން ލުއިކުރަން ބޭނުން ނަމަވެސް ކަކުނި މަހަކީ މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. އެގޮތުން ކަކުނި މަހުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލްއާއި ކެލޮރީސްގެ އަދަދު ދަށްކޮށްދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ކޮންމެ އެއްޗެއްވެސް މޮޅު އެއްޗެއްކަމަށް ހަދާފާނެ. ތިވީގޮތުން އަބަދު ހަންގަނޑު ރީތިކުރަން މިއުޅޭ އަންހެންވެރިން ދެން ހީވަނީ ކަކުނިކާން ވަރުހިއްޕާވަރުން ފިރިމީހާޖެހޭނީ ފަރުމަތީ ކަކުނި ހިފަން އުޅެންހެން.

    • އުޚްތު ފާތިމާ

      ތެދެއް ތި ބުނީ.... ލޮލް

  2. ޖޮއްބެ

    ރާކަނިމަސް ކިހިނެއްވާނެ.....؟