ތިމާ ލޯބިވާ މީހަކަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރުމަށް ވެސް ތައްޔާރެވެ. ލޯބިވެރިޔާއަށްޓަކައި އަމިއްލަ މައިންބަފައިންނަށް ވެސް ކޮށްނުދޭ ކަންތައް ބައެއް ފަރާތްތަކުން ކޮށްދެއެވެ.

މި ހުރިހާ ގުރުބާނީއެއް ވެ ހުރިހާ ކަމެއް ކޮށްދިނުމަށް ފަހުގައި ވެސް ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ވެސް ދެއެވެ.

މިއީ އެފަދަ ހާދިސާއެކެވެ.

މެކްސިކޯގެ ފިރިހެނެއް ކަމަށްވާ އުޒެއިލް މާޓިނެޒްއަށް ވެސް ދިމާވީ މިފަދަ ހިތްދަތި ކަމެކެވެ. އުޒެއިލްގެ ލޯބިވެރިޔާގެ މަންމައަށް ކިޑްނީ ހަދިޔާ ކުރިތާ މަހެއް ނުވަނީސް ލޯބިވެރިޔާ އޭނާ ދޫކޮށްލީއެވެ.

މެކްސިކޯގެ މުދައްރިސެއް ކަމަށްވާ އުޒެއިލްގެ މި ވާހަކަ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައިވަނީ ލޯބީގެ ގޮތުން އުޒެއިލްއަށް ކުރެވުނު އެންމެ ހިތި ތަޖުރިބާ އޭނާގެ ޓިކްޓޮކް ވީޑިއޯއެއްގައި ހިއްސާ ކުރުމުންނެވެ.

އެތައް ޓިކްޓޮކް ވީޑިއޯއަކުން އުޒެއިލްގެ މި ހިތްދަތި ތަޖުރިބާ ކިޔައިދެމުން އޭނާ ބުނެފައިވަނީ އެ ލޯބި ދެމެހެއްޓުމަށް ލޯބިވެރިޔާގެ މަންމައަށް ކިޑްނީ ހަދިޔާ ކުރުން ވެސް ނުފުދޭނެކަން ކުރިން ވެސް އޭނާއަށް އެނގޭ ކަމަށެވެ.

''އަހަރެން އޭނާގެ މަންމައަށް ކިޑްނީ ހަދިޔާ ކުރީ. ނަމަވެސް އޭނާ އަހަރެން ދޫކޮށްލާފަ ގޮސް އެހެން މީހަކާއި ކައިވެނި ކުރީ މަހެއް ވެސް ނުވަނީސް'' އުޒެއިލް ބުނެފައިވެއެވެ.

40 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ގިނަ ފަރާތްތަކުން ވަނީ އުޒެއިލްގެ ހިތާމައިގައި ބައިވެރިވެ، ހިތްވަރު ދީފައެވެ.

މި ކޮމެންޓްތަކަށް ޖަވާބުދާރީވަމުން އެހެން ޓިކްޓޮކް ވީޑިއޯއެއްގައި އުޒެއިލް ބުނެފައިވަނީ އެއް ކިޑުނީއާއި އެކު ވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި ލޯބިވެރިޔާއާއި މެދު އެއްވެސް ހިތްބަރުކަމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސަބޭ

    އިންސާނާ އެހެންމީހުން ރުއްސުމަށް ނުވަތަ އެހެންމީހުން އޭގެ ބަދަލު ދޭނެކަމަށް މި ދުނިޔޭގައި ކަންތައްތައް ކުރާނަމަ ދިމާވަނީ މިފަދަ ހިތްދަތި ކަންތައްތަކެވެ. ކަމެއް ކުރަންޏާ ކުރަންވާނީ ތިމާ އެކުރި ކަމުގެ ބަދަލުގައި ތިމާ ހެއްދެވި އިލާހު ނޫން އެއްވެސް ފަރާތަކުން އެކަމަށް އެއްވެސް ބަދަލެއް ލިބުމަށް ނޭދޭ ގޮތުގައެވެ. އޭރުން އަބަދު ވެސް އެކުރެވުނު ހެޔޮކަމެއްގެ މައްޗަށް ހިތްއުފާ ވާނެއެވެ.

    37
    2
  2. ޙުސޭނު

    އެހެން ވެދާނެތާ އަންހެއްކުއްޖާއަށް ވަގަށް ކިޑުނީއެއް ދިނީމަ. އަންހެން ކުއްޖާ ލޯބިވީ ކިޑްނީދެކެ ވިއްޔާ..

    14
  3. ޖާމުނަގަރު

    ދިވެހި އަންހެނުން ފަދަހަމަ؛؛؛،،،،،،،،،،

    18
    11
  4. ކަރޯކޭ

    ޓިކްޓޮކްގަ ދައްކާ ވާހަކަތަކެއް މަ ގަބޫލެއްނުކުރަން ލައިކްސް ހޯދަން ކޮންމެފަދަ ވާހަކަތަކެއްވެސް ދައްކަފާނެ

    8
    1
  5. ރައްޔިތުމީހާ

    އެ އަންހެންމީހާ އޭނާ އެ ކައިވެނިކުރި ފިރިހެންމީހާއަށްވެސް އެފަދަ ލަނޑެއް ދޭނެ ބަކަރި ފަރިތަވާނެ ފުޅައްމަތިން ފުންމަން އެހެންވެގެން ބުނެއުޅެނީ އެއްފުޅައްމަތިން ފުންމައިފިނަމަ އަނެއް ފުޅައްމަތިންވެސް ފުންމާނޭ
    އަދި އެއަންހެންމީހާ ކުރީގަ ރައްޓެހިވި ފިރިހެންމީހާއަށް އެދިން ކެހިވެރިކަމުގެ ބަދަލު ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ގޮތަކަށް ކުރިމަލަންޖެހޭނެ އަނެކާއަށް ކެއްސެއްދީފައި ތިމާއަކަށްވެސް އުފަލުގައި ނޫޅެވޭނެ
    ވާހަކަ ލިޔުންތެރިންނަށް ދަންނަވާލަން މިޙާދިސާއާއި ގުޅޭވާހަކައެއް ލިޔުމަށް މިއަންނަ ރަމަޟާންމަހު ކުރުވާހަކަ މުބާރާތަށް ނަމަވެސް / އަދި ޓައިރެކްޓަރުންނަށް ދަންނަވާލަން މިޙާދިސާއާއިގުޅޭގޮތުން ފިލުމެއް ނުވަތަ ޑްރާމާއެއް ވިޔަސް އުފެއްދުމަށް

    4
    1
  6. ކަލޯގަޔާ

    ކިޑްނީ ޒޯންޑް