ހަންގަނޑުގައި ބިހި ނެގުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަބަޔަކު ތަޖުރިބާކުރަމުން އަންނަ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް މޫނުގައި ބިހި ނެގުމަކީ ދިވެހިންގެތެރޭގައި ވަރަށް އާންމު ކަމެކެވެ. ޕާޓީ އަކަށް ނުވަތަ ޖަލްސާއަކަށް ދާން ތައްޔާރު ވާ ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު ދުޝްމަނަކީ މޫނުގައި ހާމަޔަށް ހުންނަ ބިއްސެވެ.

ހާސް ނުވާށެވެ، ހައްލެއް އެބައޮތެވެ. ޓީ ޓްރީ އޮއިލް އަކީ ދުނިޔޭގެ އެތަށް ބަޔަކު ބިހީގެ ފަރުވާ އަށް ބޭނުން ކުރަމުން އަންނަ މަގުބޫލު އިތުބާރު ހިފޭ ޕްރޮޑަކްޓެކެވެ. އެންމެ ދުވަހަކު ބޭނުން ކޮއްލުމުންވެސް އޭގެ ރަނގަޅު އަސަރުތައް ފެންނަން ފަށާ ކަމައް ވަރަށް ގިނަ ބަޔަކު ތައުރީފު ކުރާ ޕްރޮޑަކްޓެއްވެސް މެއެވެ. މީގެ އިތުރުން މަޝްހޫރު އެތަކެއް ހަމުގެ ޕްރޮޑަކްޓު ތަކެއް އުފެއްދުމުގައި ޓީ ޓްރީ އޮއިލް ބިއްސާއި އޮށާރައިގެ ހައްލަކަށް ހިމަނާފައި ވެއެވެ.

ހަމުގައި ނަގާ ބިހި ނައްތާލުމަށް ޓީ ޓްރީ އޮއިލް އަދާކުރާ ދައުރު ބަލާލަމާ ހިނގާށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޓީ ޓްރީ އޮއިލް އަކީ އޭގައި ގިނަ އަދަދަކަށް އެންޓި މައިކްރޯބިއަލް އަދި އެންޓި އިންފްލެމެޓޮރީ މާއްދާތަކެއް އެކުލެވޭ ތެލެކެވެ. މީގެ ސަބަބުން ހަންގަނޑުގައި ބިހި ނެގުމަށް މަގުފަހި ކުރުވާ ބެކްޓީރިޔާ ތަށް ފަސޭހައިން ޓީ ޓްރީ އޮއިލް ބޭނުން ކޮށްގެން ނައްތާލެވެއެވެ. އަދި އޭގައި ހިމެނޭ އެންޓި އިންފްލެމެޓޮރީ މާއްދާތަކުގެ ސަބަބުން ބިހި ހުންނަ ސަރަހައްދުގައި ހުންނަ ދުޅަކަން ވެސް ފަސޭހަވެގެންދެއެވެ. އަދި މި ތެލުގައި ހިމެނޭ ގުދުރަތީ ކެމިކަލް ތަކުގެސަބަބުން ބިހި ރަނގަޅު ވުމަށްފަހު ނަގާ ލަކުނުތަށް ލުމުންވެސް ސަލާމަތްކޮށްދެއެވެ.

ބިހީގެ ފަރުވާއަށް ޓީ ޓްރީ އޮއިލް ބޭނުން ކުރާނެ ގޮތްތައް

  1. ރޭގަނޑު ނިދުމުގެ ކުރިން، ޓީ ޓްރީ އޮއިލް ގެ މަދު ތިކި ތަކެއް ސާފު ކަފަ ކޮޅެއްގައި ހޭކުމަށްފަހު ބިހިނަގާފައި ހުރި ތަންތަނުގައި އުންގުޅާށެވެ. އަދި ހެނދުނު ހޭލުމަށްފަހު މޫނު ދޮވެލާށެވެ.
  2. ތުނި ނުވަތަ ހިކި ހަންގަނޑެއް ހުންނަ ބޭފުޅަކު ކަމުގައި ވަނީނަމަ ޓީ ޓްރީ އޮއިލް ފުރަތަމަ ފެން ފޮދެއްތެރެއަށް ނުވަތަ ކާށި ތެޔޮ ފޮދަކަށް އަޅައިގެންވެސް ބޭނުން ކޮށްލެވިދާނެ އެވެ.

ޓީ ޓްރީ އޮއިލް އަކީ ރާއްޖޭގެ ވަރަށް ގިނަ ފިހާރަތަކުގައިވެސް މިހާރު ލިބެން ހުންނަ ޕްރޮޑަކްޓެކެވެ.