ބޮލީވުޑުގެ ސްޕަރ ސްޓަރ ސަލްމާން ޚާން އެންމެ ކުރިއްސުރެ ފެށިގެން މިއަދާ ހަމައަށް ވެސް ދަންވަރު ގުޅާ ކަމަށް އިންޓަވިއުއެއްގައި ލާރާ ދައްތާ ބުނެފިއެވެ.

2000 ވަނަ އަހަރުގެ 'މިސް ޔުނިވަރސް'' ގެ ތާޖު ހާސިލު ކޮށްފައިވާ ލާރާ ''ބޮލީވުޑު ހަންގާމާ'' އަށް ދިން އިންޓަވިއުއެއްގައި ވަނީ އެކި ފަންނާނުންނާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި ސަލްމާން ޚާން، އަކްޝޭ ކުމާރު، ސޯހާ ޢަލީ ޚާން، އަމީތާބު ބައްޗަން ފަދަ ފަންނާނުން ހިމެނެއެވެ.

ލާރާގެ މި އިންޓަވިއުގައި، މިއަދާ ހަމައަށް ވެސް ބަދަލު ނުވެ ހުރި ފަންނާނަކީ ކޮބައިތޯ ސުވާލު ކުރުމުން ލާރާ ބުނެފައިވަނީ އެއީ ސަލްމާން ކަމަށެވެ.

ފިލުމު އިންޑަސްޓްރީއިން ސަލްމާނާއި ލާރާގެ ރަހުމަތްތެރިކަން ފެށުނު އިރުން ފެށިގެން މިއަދާ ހަމައަށް ސަލްމާން ދަންވަރަށް ލާރާއަށް ފޯނުން ގުޅައެވެ.

''ސަލްމާން މިހާރު ވެސް ދަންވަރު އަހަރެންނަށް ގުޅާ. ދަންވަރު އޭނާ ހޭލެވުން ލަސްވާނީ. އަހަރެންނަށް ސަލްމާންގެ ފޯނު ކޯލު އަންނާނެ'' ލާރާ ބުނެފައިވެއެވެ.

ސަލްމާނާއި ލާރާ ވަނީ އެކުގައި ''ނޯ އެންޓްރީ''، ''ޕާޓްނަރ'' ފަދަ ފިލުމު ތަކުގައި މަސައްކަތް ކޮށްފައެވެ.

ލާރާގެ ފިލުމީ މަސައްކަތަށް ބަލާއިރު ލާރާ މިހާރު ދަނީ ޒީ5 ގެ ޕްރޮޖެޓެއް ކަމުގައިވާ ''ކޯން ބަނޭގާ ޝިކާރުވަތީ'' ޑުރާމާގައި މަސައްކަތް ކުރަމުންނެވެ. މިއީ ކޮމެޑީ ޑުރާމާއެކެވެ.

ލާރާ އެންމެ ފަހުން ކުޅެފައިވާ ފިލުމަކީ މިދިޔަ އަހަރު ނިކުތް ފިލުމު ''ބެލް ބޮޓަމް'' އެވެ.

ލާރާ ކުޅެފައިވާ ބައެއް ފިލުމުތަކަކީ ''އަންދާޒް''، ''ސިންގް އިސް ބްލިންގް'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިދޫ

    ދަންވަރު ގުޅަނީ ހަމަ ހާލުބަލާލަންބާ.............

    10
    • ރައްޔިތުމީހާ

      އެއީ އޮބިނޯވެގެން ކެއްތެރިކަން ކޮޅުންލައިގެން

      3
      1
  2. ހުސޭނުބޭ

    ދަންވަރަށް ިހލިގަންނަ ރަޙްމަތްތެރިކަމެއް! ހާދަ ފައްކަލޭ!

  3. ބުރުމާ

    ތެންކިޔު ލައުރާ

  4. ލާރާ

    ދުވާލު ސަލްމާނު ބިޒީވާނެ