އެތައް ބަޔަކަށް ހައިރާންކަން ވެރިވިގެންދިޔަ ހަބަރަކީ ބަންގްލަދޭޝްގެ ބަތަލާ ރައިމާ އިސްލާމް ޝިމޫ ގެއްލިގެން ހޯދަމުންދާތާ ދުވަސްތަކެއް ފަހުން އޭނާގެ ފުރަނަނެތް ހަށިގަނޑު ފެނުނު ހަބަރެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ހަޒްރަތްޕޫރް ބްރިޖް ކައިރީގައި އެއްޗެއްގެ ތެރެއަށް އަޅާފައި އެއްލާލާފައި އޮއްވާއެވެ.

މިދިޔަ ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ފެނިފައިވާއިރު، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ އާއްމު ރައްޔިތުންނެވެ.

މި މައްސަލަ ވަގުތުން ތަހުގީގު ކުރަން ފަށައި ފުލުހުންނަށް ވަނީ އޭނާ މަރާލި މީހުން ހޯދާފައެވެ. އެކަން ފުލުހުންނަށް ހޯދިފައި ވަނީ، ތަހުގީގުގެ ތެރެއިން އޭނާގެ ފިރިމީހާ ޝަޚަވަތް އަލީ ނޯބެލް އާއި އޭނާގެ ރަހުމަތްތެރިޔާ ފަރްހާދް އެކަމަށް އެއްބަސްވުމުންނެވެ.

"ފުލުހުން ފުރަތަމަ އޭނާ ހައްޔަރުކުރީ، ފަހުން އޭނާ އަމިއްލައަށް އެއްބަސްވީ އަންހެނުން މަރާލުމުގައި ބައިވެރިވި ކަމަށް". ދާކާގެ ޑިސްޓްރީކް ފުލުހުންގެ ތަރުޖަމާން ވިދާޅުވެފައި ވެެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ އާއިލާގެ ފަރާތުންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އޭނާގެ ހަށިގަނޑު މިހާރު ސާ ސައިމުއްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޮޓޮޕްސީ ހެދުމަށެވެ.

މިހާރު މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަން ފުލުހުން ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަންޓޭ

    ކީއްކުރާނީ...އެކުވެރި ބަންގާޅުގަ ވެސް މިހާރު އިސްލާމް ދީނުގެ ނަމުގަ ހައްދުފަހަނައަޅާ މީހުން ގިިނަ. ދިވެހި ކުއްޖެއްކަމަށްވާ ރައުދާ މަރުވެފަ ވާ ކޮލެޖަކީ އޭގެ ތަނެއް. އެތަނުން ކިޔަވައިގެން އައިސް ރާއްޖޭގަ މަސައްކަތްކުރާ ޑޮކްޓަރުންތަކަކާ ދިވާވި. އެމީހުންގެ ފިކުރުވެސް ހަމަ އެފަދަ. ނަފްސާނީ ބަލި ހުންނަ އަންހެނުންނަށް ވަރަށް ބަދުބަސް ވެސް ބުނޭ.

    9
    2