ބޮލީވުޑުގެ އެކްޓަރ ފަރުދީން ޚާން ކޮވިޑަށް ފައްސިވެއްޖެއެވެ.

ޖެނުއަރީ 19 ވަނަ ދުވަހު ޓުވީޓެއް ހިއްސާކޮށް ފަރުދީން ވަނީ އޭނާ ކޮވިޑަށް ފައްސިވެފައި ކަމަށް ބުނެފައެވެ.

''ކޮވިޑު 19 އަށް ފައްސި. އަހަރެންގެ ހާލު ރަނގަޅު. މި ބައްޔަށް ފަރުވާ ހޯދަމުންދާ ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން. އެހެން ފަރާތްތަކުން ވެސް އަލާމާތެއް ފެންނަ ނަމަ ޓެސްޓް ކުރާތި. މި ވައިރަސް ކުޑަކުދިންނަށް ވެސް ޖެހޭ. އެކުދިންނަށް ދެވޭނެ ފަރުވާ ވެސް މަދުވާނެ. ކަރަންޓީން ވާން ޖެހުމުން އުފާވޭ'' ފަރުދީންގެ ޓުވީޓުގައި އޭނާ ބުނެފައިވެއެވެ.

ފަރުދީންގެ މި ޓުވީޓާއި އެކު އޭނާގެ ސަޕޯޓަރުންގެ ހެޔޮ އެދުމުގެ މެސެޖުތައް ކޮމެންޓް ކޮށްފައިވެއެވެ.

1998 ވަނަ އަހަރު ފިލުމު ''ޕްރޭމް އައްގާން'' އިން ބޮލީވުޑަށް ތަޢާރަފް ވެފައިވާ ފަރުދީން އެތައް ފިލުމެއްގައި މަސައްކަތް ކުރުމަށް ފަހު އިންޑަސްޓްރީ އިން ބްރޭކެއް ނަގާފައި ވަނީ ފިލުމު ''ދުލާ މިލްގަޔާ'' އަށް ފަހުއެވެ.

އޭގެފަހުން ފަނޑުވެފައިވާ ފަރުދީންގެ ނަން އަލުން މީހުން ކިޔަން ފެށީ ހަށިގަނޑަށް ބޮޑު ބަދަލަކާއި އެކު ނިކުމެ، އަލުން އިންޑަސްޓްރީއަށް އެނބުރި އަންނަކަން ފަރުދީން ހާމަ ކުރުމުންނެވެ.

''ވިސްފޮޓް'' ނަމަކަށް ކިޔާ މި ފިލުމުގެ މަސައްކަތް ފަރުދީން ފަށާފައިވަނީ ރިތޭޝް ދޭޝްމުކްއާއި ކްރިސްޓަލް ޑި ސޫޒާއާއި އެކުގައެވެ.

މި ފިލުމުގެ ޑައިރެކްޓަރ ސަންޖޭ ގުޕްތާ ބުނެފައިވަނީ ބްރޭކަކަށް ފަހު ފަރުދީންގެ ފުރަތަމަ ފިލުމު، ފަރުދީން ޚާންއާއި ރިތޭޝްއާއި އެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު