ބޮލީވުޑުގެ ބަތަލާ ނަރުގިސް ފަޚުރީއަށް އަނެއްކާ ވެސް ހަގީގީ ލޯބިވެރިޔާއާއި ދިމާވެއްޖެއެވެ.

2011 ވަނަ އަހަރު ފިލުމު ''ރޮކްސްޓަރ'' އިން ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ދިޔަ ނަރުގިސްއަށް އެތައް ފަހަރެއްގެ މަތިން ހަގީގީ ލޯތްބާއި ދިމާވެއްޖެއެވެ.

އެކްޓަރ އުދޭ ޗޯޕްރާއާއި އެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އެއީ އޭނާގެ ހަގީގީ ލޯބިކަމަށް ބުނެފައިވެއެވެ. ނަމަވެސް އުދޭއާއި އޮތް ގުޅުން ނިމުމަށް ފަހު ދެން ލޯބީގެ ގޮތުން ގުޅުނީ އެމެރިކާގެ ޑައިރެކްޓަރެއް ކަމުގައިވާ މެޓް އެލޮންޒޯއާއެވެ.

މެޓްއާއި އެކު އުޅުނުއިރު އެއީ އޭނާގެ ހަގީގީ ލޯބިވެރިޔާ ކަމަށް ބުނި ނަމަވެސް އެ ގުޅުން ވެސް ނިމުމަކަށް އައެވެ.

އެއަށް ފަހު ނަރުގިސް ލޯބީގެ ގޮތުން ގުޅިފައިވަނީ ޝެފެއް ކަމުގައިވާ ޖަސްޓިން ސަންތޯޝްއާއެވެ. ސަންތޯޝްއާއި އެކު ހަގީގީ ލޯބި ވެވުނު ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި ގުޅުން ވެސް ވަނީ ނިމުމަކަށް އައިސްފައެވެ.

ރިޕޯޓްތަކުގައިވާ ގޮތުން އަނެއްކާ ވެސް ނަރުގިސް ލޯބީގެ ގޮތުން މީހަކާ ގުޅިއްޖެއެވެ. ލޮސް އެންޖަލެސްގެ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 37 އަހަރުގެ ޓޯނީ ބެއިގްއާއި ނަރުގިސް ވަރަށް ގިނައިން އެކުގައި ޑޭޓްސްތަކުން ފެނެއެވެ.

ނަރުގިސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ލޯބިވާ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށެވެ. މިހާރު އޭނާ އެންމެ ލޯބިވަނީ ''ޑޭޓިން އެޕް'' އެއް ދެކެއެވެ.

ނަރުގިސްގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ވަނީ އަނޫޕަމް ކޭރްއާއި ނީނާ ގުޕްތާއާއި އެކު ފިލުމެއްގެ ޝޫޓިން ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މި އަހަރުގެ ފުރަތަމަ ޖޯކު

    ކަލޯ ތިއީ ޙަޤީޤީ ލޯބި ހެއްޔެވެ؟

  2. Anonymous

    ތިޔައް ކިޔަނީ ހަމަ އަސްލުގަވެސް ހަގީގީ ލޯބި.