އިންޑިއާގެ ކުއްޕާމް އަވަށުގައި ދިރިއުޅޭ މީހަކު ކޮވިޑް-19 އަށް ފައްސިވި ފަހުން އަމިއްލައަށް މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ވަނީ ކޮވިޑަށް ފައްސިވި ފަހުން، އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ފުންމާލާފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އުމުރުން 30 އަހަރުގެ ވިޖޭ އަޗަރީ ފުރަތަމަ އުޅުނީ ޕެސްޓިސައިޑްސް ބޮއެގެން އަމިއްލައަށް މަރުވާށެވެ. އޭނާ އަމިއްލައަށް މަރުވާން ބޭނުންވީ އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާއި ގުޅުގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ވިޖޭ އެ ބުއިމާއެކު އާއިލާއިން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެން ނަމަވެސް އެތަނުން އޭނާ ކޮވިޑަށް ޓެސްޓު ކުރުމުން ވަނީ ފައްސިވެފައެވެ.

ވިޖޭ ކޮވިޑަށް ފައްސިކަން އެނގުމާއެކު އެ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާއިން ފުންމާލީ ކުޑަދޮރު ތަޅާއިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ހަމަ އެތަނަށް މަރުވި ކަމަށް ވެއެވެ.

އާއިލާ މެންބަރުން ފުލުހުންނަށް މައުލޫމާތުދެމުން ބުނެފައި ވަނީ އޭނާ އަމިއްލައަށް މަރުވެފައި ވަނީ ކޮވިޑަށް ފައްސިކަން އެނގުމުން އެކަމާއި ހިތްހަމަނުޖެހިގެން ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން ވަނީ އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ ތަހުގީގު ކުރަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު