ސައުދި އަރަބިއްޔާގައި ބައްޕަ އާއި އުމުރުން 21 އަހަރުގެ އަންހެން ދަރިފުޅު ވިއްސާރަ ވެހެމުންދިޔަ ވަގުތެއްގައި ވާރޭއާ ތެމެން ވެގެން ބޭރަށް ނުކުމެ އުޅެނިކޮށް މަރުވެއްޖެއެވެ. އެ މީހުން މަރުވެފައި ވަނީ ކާރުގައި ދަނިކޮށް ފެންބޮޑުވެފައިވާ މަގުތަކުގައި ބެހިގެން ގޮސްގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން ގޮވައިގެން ބޭރަށް ވާރެއާ ތެމެން ދިއުމަށް އުމުރުން 70 ބައްޕަ ކައިރީގައި އެދުނު ދެ އަންހެން ދަރިފުޅު ކަމަށެވެ. އަދި އެއީ އެންމެ ފަހު ނޭވާލާނެ ވަގުތުކަން ނޭނގި އެ މީހުންނާއެކު ބައްޕަ ދިޔައީ ކަމަށް ބުންޏެވެ.

އެ ފިރިހެން މީހާގެ ފިރިހެން ދަރިފުޅު ބުނީ، ރޭގައި ބޯކޮށް ވާރޭވެހިފައި ހުއްޓާލިފަހުން، ގޭގައި ތިބި ދެ ކޮއްކޮއިން ބައްޕަ ކައިރީގައި ވޭރެއާ ތެމެން ނުކުންނަން އެދުނު ކަމަށެވެ. އެކަމާއި މަންމަ ނުރުހުނަސް ބައްޕަ އެއްބަސްވި ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ބައްޕަ އާއި ކޮއްކޮ، ދައްތަ އާއި މަންމަ ރާވާފައި އޮތީ ކާރުގައި ކައިރި ވާދީތަކަށް ދާން. އެމީހުން ވަނީ އެ ސަރަހައްދުގެ ގިނަ ތަންތަނަށް ގޮސް އެނބުރި ގެއަށް އައިސްފައި. އެކަމަކު އެކަމަކު ކޮއްކޮމެން ބޭނުންވީ އަނެއްކާވެސް ގެއާ ވަރަށް ކައިރީގައި އޮންނަ ވާދީ ޝައްނަބް އަށް ދާން. އެގޮތުން ބައްޕަ އެ މީހުން ގޮވައިގެން ދަނިކޮށް ފެންގަނޑުގެ ތެރޭގައި ކާރު ބެހިގެން ދިޔައީ". އޭނާ ބުންޏެވެ.

އޭނާ ބުނީ، އެކަން އޭނާއަށް އެނގުނީ ކޮއްކޮ އެހީތެރިކަމަށް އެދި ގުޅުމުން ކަމަށެވެ. ކޮއްކޮ ގުޅާފައި އެ މީހުން ބެހިގެން ދާ ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވަގުތުން އެ ސަރަހައްދަށް ދިޔައިން، އަހަރެންނަށް އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނުނު. އަހަރެން ވަގުތުން ސިވިލް ޑިފެންސްއަށް ގުޅައި، އެ މީހުންގެ އެހީތެރިކަކަމާއެކު ކާރު ނެގީ އެތަނުން. އެހެން ނަމަވެސް ބައްޕަ އާއި އަހަރެންގެ އެންމެ ކުޑަ ކޮއްކޮ މަރުވެފައި އޮއްވާ ފެނުނީ. އެކަމަކު މަންމަ އާއި ދެން ބޮޑު ދައްތަ ސަލާމަތްވި. އެ މީހުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ"

ކިޔުންތެރިންގެ ހިޔާލު