މިސްރުގެ ކައިރޯއަށް ނިސްބަތްވާ ފިިރިހެނަކު، އޭނާގެ އަންހެނުންގެ ރީތިކަމުގެ ސިއްރަކީ ކޮސްމެޓިކްސް ސާޖަރީކަން ފަޅާ އެރުމުން އެ ކައިވެނި ރޫޅާލަން ބޭނުންވެގެން ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކައިވެންޏަށް އަދި ވާނީ އެންމެ 15 ދުވަހެވެ. އޭނާ ބުނެފައި ވަނީ އެއީ ރަނގަޅު ކައިވެންޏެއް ނޫން ކަމަށާއި، އަންހެނުން އޭނާއަށް އޮޅުވާލާފައިވާ ކަަމަށެވެ. އަދި އޭނާއަށް ނޭނގި އެތައް ކޮސްމެޓިކްސް އޮޕަރޭޝަނެއް އޭނާ ކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ދެ މީހުން ކައިވެނިކޮށްގެން ވަނީ އެންގޭޖް ކުރިތާ ދެ މަސް ފަހުންނެވެ. އޭގެ ފަހުން އެ އަންހެން މީހާގެ އަސްލު ސޫރަ ފެންނަން ފެށީ ކަމަށް ބުންޏެވެ.

"އޭނާ ވަރަށް ރީތި. އެކަމަކު ބައެއް ދުވަސް ދުވަހު އޭނާ ދޭ ޑޮކްޓަރަށް އޭނާގެ ރީތިކަން ގެއްލޭ ހެން ހީވާތީ". މިސްރުގެ ނޫހެއް ކަމަށްވާ މަސްރަވީއަށް މައުލޫމާތުދެމުން އޭނާ ބުންޏެވެ.

އެ ފިރިހެން މީހާ ބުނީ، އަންހެނުންގެ ބުމައަކީވެސް ގުދުރަތީ ބުމައެއް ނޫން ކަމަށާއި، އޭނާ ކޮންޓެކްޓް ލެންސްވެސް ލައްވައިގެން އުޅޭ ކަމަށެވެ. އަދި އެކަމާއި ވާހަކަދެއްކުމުން ކޮސްމެޓިކްސް ސާޖަރީއެއް ހެދިކަން އެއްބަސް ނުވާ ކަމަށްވެސް ބުންޏެވެ.

އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާ ބުނީ، އަންހެން މީހާގެ އެ ސިއްރުތައް އެނގުމުން އޭނާއާއެކު ދެން އުޅެން ބޭނުން ނުވާ ކަމަށެވެ. އަދި އެ މީހުން ކައިވެނިކޮށްގެން އުޅުނު ގެއިންވެސް އޭނާ ނުކުމެގެން ގޮސް އުޅެނީ އާއިލާއާ އެކުގައި ކަމަށްވެސް ބުންޏެވެ.

"އޭނާ އަހަރެންނަށް އޮޅުވާލީ، އޭނާ އަހަރެން ކައިރީގައި ނުބުނޭ އެ އޮޕަރޭޝަންތަކުގެ ވާހަކައެއް". އޭނާ ބުންޏެވެ.

މިހާރު އެ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު، އަދި ކޯޓުން އެއްވެސް އެއްޗެއް ނާންގާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މާލޭގައި ވެސް ތިކަން ހިނގާ. މާލޭގެ ބައެއް މުސްކުޅި އަންހެނުންގެ މިހާރުގެ ފެޝަނަކީ މޭކަޕްކޮށްގެން ސިފަ ބަދަލުކޮށްގެން ޒުވާން ފިރިހެން ކުދިން ހޯދުން. ތިންހަތަރު ދަރިންގެ ބައްޕަ ގާތުން ވަރިވެގެން ޒުވާން ފިރިހެނުންނާ އިނދެގެން އުޅޭ މުސްކުޅި އަންހެނުން މާލޭގައި އެބައުޅޭ. އަދި ރަށްރަށުގެ އަންހެނުން ވެސް މިކަން ކުރާނެ. މިހާރު ހުންނަ ފައުންޑޭޝަން ހަމަ މޮޅީ. މޫނުގައި އެ އުނގުޅާލީ 50 އަހަރުގެ މުސްކުޅި އަންހެނާ 18 އަހަރުގެ ޒުވާން ކުއްޖަކަށް ބަދަލުވެދޭ.

    17
    4
    • މަބުނީ

      ހެހެހެ..މުސްކުޅި ފިރިހެނުންނަށްވެސް އެބަ އޮތް ތިފުރުސަތު.. ތިބުނާ ފައުންޑޭޝަން އުނގުޅާ މޫނުގަ ފުއްޖަހައިގެން ޒުވާންކަން ދައްކަންވީ ހަމަ..ބައެއް ފިރިހެނުންވެސް އުޅޭ ބޮލާއި ތުނބުޅި މުސްކުޅިވެގެން ގޮސް ނުރައަށް ބަދަލުވީމަ ކަޅުކޮށްގެން. އަދި ޒުވާން އަންހެން ކުދިންނާ އިނދެގެން..މިސާލަކަށް ނަގަމާ ވިލާ ކުންފުނީގެ ބާނީ..

      10
      1
  2. ހުސްކުރާސޭލް

    މާލޭގާވެސްތިކަހަލައަންހެނުންއެބައުޅޭ

    15
    1
  3. Anonymous

    Hi