ހަޔާތުގެ ބައިވެރިޔަކު ކޮންމެ މީހަކު ވެސް ހޯދަން ޖެހެއެވެ. ތިމާ ހިތް އެދޭ ތިމާ ބޭނުންވާ ފަދަ ސިފަތަކެއް ހުރި ހަޔާތުގެ ބައިވެރިޔަކު ހޯދުން އެއީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ތިބާ ހިތް ރުހޭ އަންހެނަކު ފެނުމުން އޭނާގެ ހިތުން ޖާގައެއް ހޯދުން އެއީ މުހިންމު ކަމެކެވެ. އަހަރެން މިކިޔައި ދެނީ ސައިކޮލޮޖިސްޓުން ލިޔެފައިވާ ލިޔުންތަކަށް ބަލާ އެކަން ކުރެވިދާނެ ގޮތްތަކެވެ.

ހުޅުވާލެވިގެން ވާހަކަ ދެއްކުން

ތިބާގެ އެއްވެސް ކަމެއް ނުފޮރުވާ ކޮންމެ ކަމެއްގައި ވެސް ވަރަށް ހުޅުވާލެވިގެން ވާހަކަ ދެއްކުމަކީ އެންމެ މުހިންމު ކަންތަކެވެ. އެއީ ތިބާ އަކީ އެއްވެސް ކަމެއް ސިއްރު ނުކުރާ މީހެއްކަން އޭނާ އަށް ސާބިތުކޮށްދިނުމަކީ މުހިންމު ކަމަކަށް ވާތީއެވެ.

ކޮންމެ ތަނަކުން ވެސް ބައްދަލު ކުރުން

ސީރިއަސް ރިލޭޝިޕަކަށް ދިއުމަށް މަގު ކޮށާއިރު އޭނާ އާއި ކޮންމެ ތަނަކުން ވެސް ބައްދަލު ކުރަން ޖެހިލުން ނުވާށެވެ. ޕާކަކުން ވިޔަސް ކެފޭ އަކުން ވިޔަސް ނުވަތަ އެހެން ތަނަކުން ވިޔަސް ބައްދަލު ކުރަން ޖެހިލުން ނުވާށެވެ. މިއީ އޭނާގެ އިތުބާރު ހޯދަން މުހިންމު ކަމެކެވެ.

ކޮންމެ ވަގުތެއް އޭނާ އަށް ހުސްނުކުރުން

ބައެއް މީހުން ހީކޮށްފާނެއެވެ. އޭނާ ގުޅާލާ ކޮންމެ ގަޑިއަކު އޭނާ ބުނާ ކޮންމެ ކަމެއް ކުރުން އެއީ ޕްލަސް ޕޮއިންޓެކެވެ. ނަމަވެސް ތިއީ ގޯހެކެވެ. ބައެއް ކަންކަމުގައި ތިބާ ވެސް ހިފެހެއްޓުންތަކެއް ގެންގުޅެން ޖެހެއެވެ. ތިއީ އޭނާ ބޭނުން ވަގުތަކު ބޭނުން ކޮންމެ ކަމެއް ކުރަން ހުންނަ މީހެއް ކަމުގެ އިހްސާސް އޭނާ އަށް ކުރެވިއްޖެނަމަ ލޯބިވެރިޔެއްގެ މަގާމުގެ ބަދަލުގައި ބެސްޓްފްރެންޑްގެ މަގާމު ލިބިދާނެއެވެ.

ދައްކާ ވާހަކަ އަށް ސަމާލުކަން ދިނުން

އޭނާ ދައްކާ ވާހަކައަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. ހާއްސަކޮށް ވާހަކަ ދައްކާއިރު އޭނާގެ ލޮލަށް ބެލުން އެއީ އެންމެ މުހިންމު ކަންތަކެވެ.

ރަނގަޅަށް ހެދުންއެޅުން

ރަނގަޅަށް ހެދުން އަޅާ ފިރިހެނުން ދެކެ އަންހެނުން ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ. އެހެންކަމުން ރަނގަޅަށް ހެދުން އެޅުމަށް ވަރަށް ބޮޑަށް ސަަމާލުކަން ދޭން ވާނެއެވެ.

މީގެ އިތުރުން ވެސް އަންހެނުންގެ ޝައުގުވެރިކަން ހޯދޭނެ ކިތަންމެ ގޮތެއް ހުރެއެވެ. އެވާހަކަތައް އަދި ކުރިއަށް އޮތްތަނުގައި ލިޔެވޭނެ ކަމަށް އުއްމީދު ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  ބައިވަރު ފައިސާހުރުން
  ދެއްކުންތެރިކަން
  މި ދެ ކަންތައް ފުރިހަމަވީމާ ނިމުނީ

  6
  4
  • މިވެސް އިތުރުކޮށްލާ

   ގިނައިން ފޮނި ކެނޑުން

   7
   3
 2. ސަލް

  ފިރިހެނުން އުފެއްދެވީ އަންހެނުންގެ ޝައުގުވެރިކަން ހޯދުނުގައި ދުނިޔޭގެ ހަޔާތް ހޭދަކުރާކަށެއްނޫން. ދުނިޔޭގަ ލިބޭ މި މަދުދުވަސްކޮޅުގައި އިސްލާމްދީނުގައި މާތްރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ގޮތައް ރަސޫލާ ހިންގެވިމަގުން ހިނގައި ސުވަރުގެހޯދުމައް މަސައްކަތްކޮއް މާތްރަސްކަލާނގެ ރުހުން ލިބިގެންވާ އަޅަކުކަމުގައި ވުމައް މަސައްކަތް ކުރުމަށެވެ. ދުނިޔެއަށް ފޮނުއްވާފައިވަނީ ހަވާ ނަފްސައް ތިމާ ހިތައްއެރިގޮތަކައް ހަޔާތުގެ ވަގުތު ފަނާކުރާކަށެއް ނޫނެވެ.

  11