ޓީވީ ޗެނަލެއްގައި ލައިވްކޮށް ރިޕޯޓު ކުރަނިކޮށް، ކޮންމެ ފަދަ ކަމެއް ވެސް ހިނގާފާނެއެވެ. ބައެއް ފަހަރު ނޫސްވެރިން ލައިވްކޮށް ރިޕޯޓު ކުރާނީ ކޮންމެވެސް ކަހަލަ ނުރައްކަލަކަށް ވެސް ހުށަހެޅިގެންނެވެ.

ނޫސްވެރިން ލައިވްކޮށް ތިބެ ވީޑިއޯ ކުރާ އިރު، ނުވަތަ ކެމެރާ ކުރިމައްޗަށް އަރައި ވާހަކަ ދައްކާ ހަދާ އިރު، އެމީހުންނާ ގަޔާ ނުވާ މީހުންގެ ފަރާތުން ބައެއް ފަހަރު އުނދަގޫތައް ކުރިމަތިވެއެވެ.

އެގޮތުން ސްކޮޓްލެންޑްގެ ޑުންބަރުގައި ނޫސްވެރިއަކަށް ދިމާވީ މިފަދަ ކަމެކެވެ.

ޓީވީ ރިޕޯޓަރެއް ކަމަށްވާ ޓޯރީ ޔޯގޭ ހުރީ މައިކް ހިފައިގެން ޓީވީ ސްޓޫޑިއޯގައި ހުރި މީހަކާ ވާހަކަ ދެއްކުމަށެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ ސްޓޫޑިއޯގައި އިން ޕްރެޒެންޓަރު ޓިމް އިރްއާއެވެ. މި ވީޑިއޯ މިހާރު ވަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

ލައިވްކޮށް ރިޕޯޓު ކުރަމުން ދަނިކޮށް ފަހަތުން އައި ކާރެއްގައި ރިޕޯޓަރު ޖެހި، އޭނާ ދިޔައީ ވިއްސައިގެންނެވެ. އަދި ރިޕޯޓަރުގެ ކުރިމަތީގައި އިން ކެމެރާ ވެސް ގޮސް ޖެހުނީ ބިންމަތީގައެވެ.

އެކަމަކު، އޭގެ ކުޑަ އިރުކޮޅެއް ފަހުން، ރިޕޯޓަރު ތެދުވެ، "އަހަރެން ގައިގައި ކާރަކުން ޖެހިއްޖެ، އެކަމަކު އަހަރެން ރަނގަޅު" ކަމަށް ބުނެފައިވެއެވެ.

މިއާ އެކު، ސްޓޫޑިއޯގައި އިން ޕްރެޒެންޓަރަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

ކާރުގައި ޖެހި ރިޕޯޓަރު ވެއްޓުމާ އެކު، ކާރުގައި އިން ޑްރައިވަރު މާފަށް އެދިފައިވާ ކަމަށްވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އާންމު ކުރި މި ވީޑިއޯ އަށް މިހާތަނަށް 3.5 މިލިއަން ވިއުސް އަދި 28،000 އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

ބައެއް މީހުން ވަނީ ރިޕޯޓަރަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އެއީ ކާރުން ޖެހުނު ނަމަވެސް އަލުން ތެދުވެ، ރިޕޯޓު ކުރަން ފެށީމައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިޔަ ކާރު ދުއްވަން ހުރީ އެމީހުންގެ ބަހުރުވައިން ނަމަ ނަފްސާނީ މައްސަލައެއް ހުންނަ މީހަކަށް.
    މުސްލިމެއް ނަމަ ޚަބަރުގައި އޮންނާނީ
    " ނޫސްވެރިއަކު މަރާލުމަށްޓަކައި، ނިރުބަވެރިއަކު ނޫސްވެރިޔާގެ ގައިގައި ކާރަކުން ޖައްސައިފި."

    7
    2
    • ކެކެކެ

      ހެހެހެ..ތެދެއް ތިބުނީ..މިހާރު އަހަރެމެންނަށް ދުނިޔެ ދަސްވެއްޖެޔޭ..ދަސްވެ ބާވެއްޖެޔޭ

      5
      1