ކެންޏާގައި އެތެއް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ އެއްމާބަނޑު ދެ އެތް ވިހައިފިއެެވެ.

އެކަން ހަމަކޮށްފައި ވަނީ ކޮންޒާވޭޝަން ގްރޫޕުންނެެވެ. އެ ގްރޫޕުން ބުނީ ބޯރާ ނަމަކަށް ކިޔާ އެ އެތް ވިހާފައި ވަނީ އަންހެން އެތަކާއި ފިރިހެން އެތެއް ކަމަށެވެ.

އެ އެތް ވިހައިގެން އޮތް މަންޒަރު ފެނިފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފަތުރުވެރިންގެ ގައިޑުންނަށެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ އެ ދެ އެތް އޭތީގެ މަންމަގެ ކައިރީގައި ތިބޭ ތިނެވެ. ބޯރާ އެންމެ ފުރަތަމަ ވިހާފައި ވަނީ 2017 ވަނަ އަހަރު ތެރޭގައެވެ.

ބޯރާ ވިހެއި އެއްމާބަނޑު މި ދެ އެތަކީ ވަރަސް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ދެ އެތްކަމަށް ސޭވް ދަ އެލެފެންޓްސް ފައުންޑާ ލައިން ޑޮގްލަސް-ހަމިލްޓަން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"މިއީ އެތްތަކުގެ އާބާދީގެ ތެރެއިން ވަރަށް މަދުން ފެންނަ ވައްތަރުގެ އެ އެތް، އިންސައްތައިން ބަލާނަމަ އެއީ 1 އިންސައްތަ".

އެހެން ނަމަވެސް މިފަދަ އެތްތައް ގިނަ ދުވަސްވަންދެން ދިރި ނުހުންނަ ކަމަށް ވެއެވެ. އެގޮތުން އެންމެ ފުރަތަމަ މި ވައްތަރުގެ އެއްމާބަނޑު ދެ އެތް ވިހާފައި ވަނި 2006 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އެ ދެ އެތްވެސް މާގިނަ ދުވަސްވަންދެން ދުނިޔޭގައި ހުރި ކަމަކަށް ރެކޯޑްތަކުން ނުދައްކައެވެ.

ޑަގްލަސް-ހެމިލްޓަން ބުނީ ގިނަ ފަހަރަށް މައިންނަށް ދެ އެތަށް ސަޕޯޓް ދޭ މިންވަރަށް ކިރު ނުލިބޭ ކަމަށެވެ.

ކެންޏާގައި ގާތްގަނޑަކަށް 36،280 އެތް ދިރިއުޅޭ ކަމަށް ވެއެވެ.