ޑިއުޓީ ނިމުނު ކަމަށް ބުނެ ޕާކިސްތާނުގެ ގައުމީ އެއާލައިންސްގެ ޕައިލެޓަކު ދަތުރު ނުނިމެނީސް، ފްލައިޓް އެމަޖެންސީގައި ޖައްސައިފިއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާން ފްލައިޓް PK-9754 ފުރާފައިވަނީ ސައުދީ އަބަރިއްޔާގެ ރިޔާދުން ޕާކިސްތާނުގެ އިސްލާމްއާބާދަށް ދިއުމަށެވެ.

އެހެން ނަމަވެސް މޫސުން ގޯސްވީ ކަމަށް ބުނެ ސައުދީގެ ދައްމާމް އަށް އިމަޖެންސީގައި ފްލައިޓް ޖެއްސިއެވެ.

ޕައިލެޓް ދެން ވަނީ އޭނާގެ ޑިއުޓީ ނިމިއްޖެ ކަމަށް ބުނެފައެވެ. އަދި ފަހުން އަލުން ފުރަން އޭނާ އިންކާރު ކުރިއެވެ.

އެހެންކަމުން ދަތުރު ކުރަން ތިބި ގިނަ ބަޔަކު ބުނެފައިވަނީ އޭނާ ފްލައިޓް އެމަޖެންސީކޮށް ޖައްސާފައިވަނީ ޑިއުޓީ ނިމުމުން ދަތުރު ނުކުރަން ވެގެން ކަމަށެވެ.

ޕައިލެޓް އެގޮތަށް ނުފުރާނެ ކަމަށް އެންގުމުން، އެއިން ދަތުރުކުރަން ތިބި ފަރާތްތަކުން ވަނީ ފްލައިޓުން ނުފައިބާނެ ކަމަށް ބުނެ ފްލައިޓް ތެރޭގައި މުޒާހަރާއެއް ވެސް ކޮށްފައެވެ.

މި މައްސަލަ ބޮޑުވުމާއި ގުޅިގެން ޑަމާން އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވަނީ ފަސެންޖަރުން ހަމަ އަކަށް އަޅުވައި ދެން ފްލައިޓު ފުރުމާއި ހަމައަށް އެފަރާތްތަކަށް ހޮޓެލެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

މިއީ މި ގޮތަށް ފަސެންޖަރުންނަށް ނުފުރި ތާށިވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެކި ގައުމުތަކުން ފުރި ފްލައިޓްތައް އެމަޖެންސީގައި އަނބުރާ ޖައްސުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެ ގައުމުތަކުގައި ތާށިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިތްއޮއްކުއް

    ޕާކިސްތާނު ފުލައިޓެކޭ ބުނިމާ ހައިރާނެއް ނުވޭ މަށެއް. މިއަދު އެތް ގޮށް، މާދަމާ އަނެތް ގޮށް އޮންނަ ބަޔަކޫ ތީ.

    8
    3
  2. Anonymous

    ސައުދީ ގެ ދައްމާމު
    ޑަމާމު އެއް ނޫން

    2
    1
  3. ފ

    ޕައިލެޓު އޯކޭ. ޑިއުޓީ ނިމުނީމަ ނިމުނީ.