ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް އަށް ދަރިއަކު ލިބިއްޖެއެވެ.

ޕްރިޔަންކާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެދެމީހުންނަށް ސެރޮގެސީ މެދުވެރިކޮށް ކުއްޖަކު ލިބިފައިވާ ކަމަށެވެ. އެހެންވެ، މި ހާއްސަ ދަނޑިވަޅުގައި ކުޑަ އާއިލާ އަށް ޕްރައިވެސީ ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ސަރޮގޭޓަކީ ފިރިހެނެއްގެ ދަރިފަންޏާއި އަންހެނެއްގެ ބިސް، ރަހިމުގައި އިންދައިގެން ދަރިއަކު އުފަންކުރާ އަންހެނާއެވެ. މިގޮތަށް ބޭނުންކުރާ ސަރޮގޭޓެއްގެ ރަހިމުގައި ދަރިފަންޏާއި ބިސް އަށަގަންނުވަނީ އޭގެ ކުރިން އެކަން ކުރުވާ ދެމަފިރިންނާއި އެކު ވެވޭ އެއްބަސްވުމަކަށްފަހު، ދަރިފަނި އިންދައިގެން ލިބޭ ދަރިފުޅު ދޭން ޖެހޭ ގޮތަށެވެ.

ޕްރިޔަންކާ ބުނި ގޮތުގައި މިވަގުތު ހުރިހާ ވިސްނުމެއް ހުރީ ކުޑަކުޑަ އާއިލާއަށެވެ.

ނަމަވެސް މި ކުއްޖާގެ ޖިންސެއް އަދި ނަމެއް ވެސް ޕްރިޔަންކާ ހާމަކޮށްފައެއް ނުވެއެވެ.

ޕްރިޔަންކާ 39، އަދި ނިކް 29 ގެ ކައިވެންޏަށް ތިން އަހަރުވެފައިވާ އިރު އެ ދެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ތެރޭގައި މުމްބާއީގައެވެ. މި ދެ ތަރިން އެންމެ ފުރަތަމަ އެކުގައި ފެނުނީ 2017 ގައެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު، ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން ވަނީ އެނގިފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޒީވާ

  ސެރޮގޭޓް ކުރުމަކީ، އެހެންމީހެއްގެ ބަނޑުގައި އެމީހުންގެ ދަރިފުޅު ބޮޑުކޮށް ވިހެއުން، އައިވީ އެފްކޮށް ކުރާކަމެއް އެއީ

  39
  2
 2. ގަންޓާބެ

  ތީއިސްލާމްދީން ބަލައިގަންނަ ކަމެއް ނޫން މިކަހަލަ ހަބަރު ނޫސްތަކުގަ ލިޔުން ކުއްވެރިކުރަން

  95
  9
 3. މަމެން

  މަރުހަބާ ޕުރީނިކް

  7
  28
 4. އަލްޖިބްރާ

  ތިއީކީ ޕްރިޔަންކާގެ ދަރިއަކަށް ނުވާނެ !

  46
  10
 5. ކޮލި

  މިހާރު މިގުނީ ޕްރިޔަންކާ ދަރިންނުލިބޭކަން ؟

  15
  6
 6. Anonymous

  ޕްރަޔަންކާ ގެ ދަރިޔަކަށް ވާނެ! ޕްރިޔަންކާގެ ބިހާ ނިކް ގެ ދަރިފަނި ފށާރްޓިލައިޒް ކޮށްފަ އެހެން މީހެއްގެ ބަނޑުގަ ގަރުބަގަނުވާނީ! ސަރޮގޭޓް މީހާ ކުރާ ކަމަކީ ހަމަ އެކަނި އެ އުފެދުނު އެމްރިޔޯ ބަނޑުގަ ބައިންދާގެން ވިހެއުން! ދުނިޔެ މިއޮތީ ތަރއްގީ ވެފަ!

  13
  17
 7. ބާކީ

  ބުރައިހްސާސްނުކޮށް، މައިމީހެއްގެ އިހްސާސްނުވެ، ވިހެއުމުގެ ތަދާއިވޭންގެ އުފަލާއި ހިތްދަތިކަން ނޭގި ދަރިއަކު ލިބުމުން ކިހިނެއް އުފާވާނީ ؟
  މަޑޯނާހެދިހެން ދަރިއަކު އެޑަޕްޓްކުރިނަމަ މާބޮޑު އުފަލެއް ލިބުނީސް. އެއިރުން އިނގޭނެ ނކަމެތި އިންސާނެއްގެ ދިރިއުޅުމާއިކަން މިހަވާލުވެވނީ ؟

  21
 8. ސަމާސާ

  މުސްކުޅި ނުވަނީސް ކައިވެނި ކުރަންޖެހޭ ސަބަބަކީ މިއީ. އެއިރުން ސިއްހަތު ރަނގަޅަށް ހުއްޓާއި ދަރިން ހޯދޭނެ.

  23
  4
  • މީ

   އޭނަގެ އުމުރަކީ އަދި ދަރީން ނުލިބޭނެ އުމުރެއް ނޫން. އޭނަގެ މައްސަލަ ވަﷲ އަޢުލަމް

   11
 9. އަލްޖިބްރާ

  ޕްރިޔަންކާގެ ދަރިއަކަށްވަނީ އޭނާގެ ބަޑުގައި އޭނާގެ ފިރިމީހާގެ ދަރިފަނި އޮވެގެން ޕްރިޔަންކާ ވިހާ ދަރި ! އެހެންނޫނީ އޭނާގެ ދަރިއަކަށް ނުވާނެ ! ޒަމާން ކިތަންމެ ތަރައްޤީވިއަސް ހާލި ބަދަލުކުރުމަކުން ހާލީގަ ބިސްފީކުރަން އޮންނަ ދޫނީގެ ދަރިއަކަށް ނުވާނެ !

  8
  5
 10. Anonymous

  އާން ހާލީގަ ބިސްފީކުރާ ދޫނިގެ ދަރިޔަކަށް ނުވާނެ އެކަމަކު އެއީ އެދޫނީގެ ބިހަކަށް ނުވާތީ! އެކަމަކު ބިސް ފީކުރަނީ ސަރޮގޭޓް އެކަމަކު ބިހަކީ ޕްރިޔަންކާގެ އެހެންވީމަ ތި ބުނި ހެން ބިސްފީކުރާ ސަރޮގޭޓް ގެ ދަރިޔަކަށް ދޯ ނުވާނީ! ލޮލް

  6
  1
 11. އަރުގޯލު

  ތިޔަ ދިޔައީ ވަރަށް ގޯސްކޮށް!! ދަރިމައިނުވަންޏާ ކުރެވޭނެ ފަރުވާވެސް އެބަހުރި! އަނެއްކާ އަނެއްކޮޅުން ތިޔަ އުޅެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުގަ!! ޢަތުގަ ފައިސާއާއި ތަނަވަސްކަން އެބަހުރި!! އެހެންވީއިރު ލިބިފައިވި ތަނަވަސްކަމުގައި ތިކުރީ ވަރަށްވެސް ބޭކާރު ޚަރަދެއް!!!