ކޮންމެ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރި ނަމަވެސް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދިދާނެއެވެ. އެގޮތުން ފިލުމު އިންޑަސްޓްރީއަކީ ވެސް ތަފާތު ރިކޯޑުތައް ހޯދި ދާނެ އިންޑަސްޓްރީއެކެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުންނަކީ ދުނިޔޭގެ ރިކޯޑެއް ހޯދާފައިވާ ފަންނާނުންނެވެ. މީގެތެރެއިން ބައެއް ފަންނާނުންނަކީ:

ރާޖުމޯލީ

ފިލުމު ޑައިރެކްޓަރ ރާޖުމޯލީގެ ''ބާހުބަލީ: ދަ ބިގިނިންގ'' މި ފިލުމުގެ 50،000 ސްކުއަފީޓްގެ ބޮޑު ޕޯސްޓައަށް ދުނިޔޭގެ ރިކޯޑު ލިބުނެވެ.

ބްރަހްމަނަންދަމް ކަނެގަންތީ

ތަމަޅަ ފިލުމުގެ އިތުރުން ހިންދީ ފިލުމުތަކުގައި ވެސް ހެއްވާ މަޖާ ރޯލުތައް ކުޅެފައިވާ މި އެކްޓަރަށް ލިބިފައިވާ ރިކޯޑަކީ 30 އަހަރުގެ ތެރޭގައި 1000 ފިލުމުގައި މަސައްކަތް ކުރުމުގެ ރެކޯޑެވެ. އެއީ 2015 ވަނަ އަހަރުއެވެ.

އަޝޯކް ކުމާރު

1936 ވަނަ އަހަރު ފިލުމު ''ޖީވަން ނައްޔާ'' އިން ބޮލީވުޑަށް ތައާރަފްވި އަޝޯކްއަށް ލިބިފައިވާ ދުނިޔޭގެ ރިކޯޑަކީ އެންމެ ގިނަ އަހަރު ވަންދެން ލީޑު ރޯލު ކުޅެފައިވާ އެކްޓަރެއްގެ ރެކޯޑެވެ. އެއީ 63 އަހަރު ވަންދެން ކުޅުނު ހުރިހާ ފިލުމެއްގައި ވެސް ލީޑު ރޯލު ކުޅެފައިވެއެވެ.

އާޝާ ބޯސްލޭ

ބޮލީވުޑު ފިލުމު އިންޑަސްޓްރީއަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ އާޝާއަށް ލިބިފައިވާ ރެކޯޑަކީ އިންޑިއާގެ 20 ބަހުރުވައަކުން 1100 ލަވަ ކިޔުމުގެ ރިކޯޑެވެ.

ރިތިކް ރޯޝަން

ފިލުމު ''ކަހޯނާ ޕިޔާރު ހޭ'' އިން ބޮލީވުޑަށް ތައާރަފްވި ރިތިކްއަށް ލިބިފައިވާ ރިކޯޑަކީ އެއް ފިލުމުން އެންމެ ގިނަ އެވޯޑު ހާސިލު ކުރުމުގެ ރެކޯޑެވެ. އެއީ ''ކަހޯނާ ޕިޔާރު ހޭ'' ފިލުމެވެ. މި ފިލުމުން ލިބިފައިވަނީ 92 އެވޯޑެވެ.

ކިޔުންތެރިންގެ ހިޔާލު