މަސްތުގެ ހާލަތުގައި ހުރި މަންމައެއްގެ ގައި ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2020 ވަނަ އަހަރުގެ މޭއި މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ އެކުއްޖާ ވިހެއި ދުވަހެއެވެ. ނަމަވެސް އެ ކުއްޖާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް އެމަހުގެ 16 ވަނަ ދުވަހުއެވެ. މި ހާދިސާ އަނެއްކާ ވެސް ފެންމަތިވެފައިވަނީ އެ ކުއްޖާ މަރުވެފައިވަނީ މަންމަގެ އިހުމާލުން ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަން ފެށުމާ ގުޅިގެންނެވެ.

މި ހާދިސާ އާ ގުޅިގެން އޭނާގެ ދަރިފުޅު ވިހެއި ހޮސްޕިޓަލުން ބުނީ، ކުއްޖާގެ ވިންދު ނެތްކަން އެނގުނު ހިސާބުން މަންމަގެ ޔޫރިން އާއި ލޭގެ ސުންކު ނަގައި ޓެސްޓްތައް ހެދި ކަމަށެވެ. އަދި އެ ޓެސްޓުން އޭނާ ހުރީ "ކޮކެއިން" ނަގައިން ކަމަށް އެނގޭ ކަމަށް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އޭރު އެ އަންހެން މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ކަހަލަ ދައުވާއެއް އުފުލާފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ދަރިފުޅު މަރުވެފައިވަނީ އޭނާގެ އިހުމާލުން ކަމަށް ބުނެ އެކަން އަލުން ބެލުމަށް ގޮވާލާފައެވެ. އަދި އެފަދަ ގޮތަކަށް އެކަން ނުބަލާނަމަ އެފަދަ ހާދިސާތައް އިތުރުވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން އޭނާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް ގޮވާލި ނަމަވެސް އޭނާ އާ އެއްކޮޅަށް ވެސް ގިނަ ބަޔަކު ވަނީ މި ހާދިސާއާއި ގުޅިގެން ތެދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު