ބާރުގަދަ ނަގޫ ރޯޅިެއެއްގެ ތެރެއަށް ކުއްޖަކު ދަމައިގަންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އާއްމު ގޮތެއްގައި ނަގޫރޯޅި އުފެދެނީ މޫސުން ގޯސްވެ ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރުގައިއެވެ. އާންމު ވެފައިވާ ވީޑިއޯއިން ފެންނަނީ ބާރުގަދަ ނަގޫ ރޯޅިއެއްގައި ކުއްޖަކު ވައިގެ ތެރެއަށް މައްޗަށް އެރުމަށް ފަހު ވެއްޓޭ މަންޒަރެވެ.

އެއަށް ފަހު އެކުއްޖާ އަށް އެހީވުމަށް މީހަކު ދާ މަންޒަރު ފެނެެެވެ. މިގޮތަަށް ނަގޫރޯޅެއްގައި މީހަކު ވިއްސައިގެންދާ މަންޒަރު ރިކޯޑް ކުރެވެނީ ވަރަށް މަދު ފަހަރަކު އެވެ.

މިހާދިސާގައި މީހަކަށް ބޮޑު ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައިވާ ނުވާކަމަށް ހަބަރު ލިބެއެވެ. ބައެއް މީހުންނަށް ކުދި އަނިޔާ ލިބިފައިވާކަމަށާއި އެމީހުންނަށް ފަރުވާ ދެމުންދާކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

މި ނަގޫރޯޅި އަރާފައިވާ ސަރަހައްދުގައި ހުރި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި އަލަށް މަރާމާތުކޮށް ހުޅުވި ތަންތަންވެސް ހިމެނެއެވެ. ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުމުގެ ތެރޭގައި ބައެއް ސަރަހައްދު ތަކުން ކަރަންޓުވެސް ވަނީ ކެނޑިފައެވެ.

ޔޫކުރެއިންގެ އޮޑިސާގައި ހިނގި މިހާދިސާގެ ސަބަބުން ނަގޫރޯޅި އަކީ ކިހާ ނުރައްކާތެރި ބާރުގަދަ އެއްޗެއް ކަން ހާމަވެގެން ދެއެވެ. ނަގޫރޯޅިއަކީ ބާރުގަދަ ތޫފާން ތަކުގައި އާއި ވައިބާރު ދުވަސްވަރު އުފެދޭ އެއްޗެކެވެ. މޫސުން ރަގަޅު ދުވަސްވަރުވެސް ވައިގެ ޕްރެޝަރު ހުރި ގޮތަކުން ނަގޫރޯޅިއެއް އުފެދުމަކީ ދުރުކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ސަހައްދުތަކުގައި ނަގޫ ރޯޅިއެރުމުގެ ހާދިސާ ތަކުގައި ކޮންމެ އަހަރަކުވެސް އެތަށް ބަޔަކު މަރުވެއެވެ. ހާއްސަކޮށް އެމެރިކާއަކީ އެންމެ ގިނައިން ނަނގޫ ރޯޅި އަރާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު