ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންްކާ ޗޯޕްރާގެ ކޮއްކޮއެއް މި ވަނީ ޕްރިޔަންކާއަކީ ވަރަށް ކުޑަކުދިން ދެކެ ލޯބިވާ މީހެއްކަން ހާމަކޮށްފައެވެ.

"ޕްރިޔަންކާ އަބަދުވެސް ބޭނުންވޭ ބައިވަރު ކުދިން ހޯދަން، އަހަރެން ވަރަށް އުފާވޭ އޭނާގެ ހަޔާތުގެ އާ ސަފްހާތަކަށް، އޭނާވާނީ އަންހެން ދަރިފުޅަށް ވަރަށް ސުޕާ މަންމަ އަކަށް". އޭނާގެ ވާހަކަތަކުން ޕްރިޔަންކާއަށް ލިބުނީ އަންހެން ކުއްޖެއްކަން މި ވަނީ ހާމަވެފައެވެ.

އިތުރު ބައެއް ރިޕޯޓްތަކުގައިވެސް ވަނީ އޭނާއަށް ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ.

ޕްރިޔަންކާ ޕޯސްޓް ކުރި ޕޯސްޓުން އޭނާއަށް ލިބުނީ ކޮން ޖިންސެއްގެ ކުއްޖެއްކަން ހާމަކޮށްފައެއް ނުވެއެވެ.

މީރާ ބުނީ، ޕްރިޔަންކާ ކޮންމެ ދާއިރާއަކުންވެސް ވަރަށް މޮޅު ކަމަށާއި، އެހެންކަމުން މަންމައަކަށްވުމުން އޭނާގެ އަމިއްލަ ނަފްސަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެެވެ.

"އަަރުމެން އެންމެންވެސް އޭނާއާ މެދު ފަހުރުވެރިވޭ". މީރާ ޗޯޕްރާ އިންޑިއާ ތޫޑޭއަށް މައުލޫމާތު ދީފައި ވެއެވެ.

އިއްޔެ ޕްރިޔަންކާ އާއި ނިކް ވަނީ އެ މީހުންގެ މީސް މީޑިއާ އެކައުންޓްގައި ދެ މީހުންނަށް ސަރަގޭޓް މެދުވެރިކޮށް ދަރިއަކު ލިބިފައިވާކަން ހާމަކޮށްފައެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ މީހުންގެ ކައިވެންޏަށް ތިން އަހަރު ފުރިފައިވާއިރު، ދިރިއުޅުން ވަރަށް އުފާވެރިކަމަށް އަބަދުވެސް ޕްރިޔަންކާ ދަނީ ވާހަކަދައްކަމުންނެެވެ.

އޭނާ ބޮލީވުޑަށް ވަނީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން މަޝްހޫރު އެތައް ފިލްމަކުން އޭނާ ފެނިގެން ގޮސްފައި ވެއެވެ. އަދި ހޮލީވުޑްގެ ސީރީޒްތަކާއި ފިލްމްތަކުންވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖީ ލެ ޒަރާ އިންނެވެ. އެ ފިލްމްގައި އޭނާއާއެކު ކެޓްރީނާ ކައިފް އައި އާލިއާ ބަޓް ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    މުސްކުޅި ނުވާންވެގެން އެހެންމީހުންގެ ރަހިމު ކުށްޔަށް ހިފައިގެން ދަރިން އުފެއްދިއަސް ތިއީ ޕްރިޔަންކާގެ ދަރިއަކަށް ނުވާނެ ! ކިތަންމެ ޅަވެގެން އުޅުނަސް މުސްކުޅި ވެފަ ތިހިރީ ! އަދި ކަލޭވެސް މަރުވާނެ !

    41
    6
  2. ތިއް ތި

    އެ ކުއްޖާވާނީ ސަގަރޭޓު ގެ ދަރިއަކަށް

    12
    2
  3. އަލީ

    ޕްރިޔަންކާގެ ދަރިޔަކަށް ދުވަހަކުވެސް އެކުއްޖާ ނުވާނެ. މައިވަންތަ ކަމުގެ ކުލުނެއްވެސް ނުހުންނާނެ.

    8
    1