66 އަހަރު ވަންދެން ނިޔަފަތި ދިގު ކުރި މީހާގެ ނިޔަފަތިތައް އިއްޔެ ކޮށާލައިފިއެވެ.

ނިއުޔޯކްގެ ޓައިމް ސްކޮޔާގެ ދަ ރިޕްލޭސް ބިލީވް އިޓް އޯރ ނޮޓް މިއުޒިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންޑިއާގެ އަވަށަކަށް ނިސްބަތްވާ ޝްރިދާރް ޗިލާލީ ނަމަަކަށް ކިޔާ އެ މީހާ ނިޔަފަތި ދިގުކުރަންފެށީ 1952 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ދިޔައީ އޭނާގެ ވައަތު ނިޔަފަތިތައް ދިގު ކުރަމުންނެވެ. އެއިރުވެސް އޭނާ އަކީ އެންމެ ނިޔަފަތި ދިގު މީހާއެވެ. އެ ރެކޯޑްވެސް އޭނާ އަތުގެ އޮތެވެ.

މިހާރު އޭނާއަށް 82 އަހަރު ފުރިފައެވެ. މިހާރު އޭނާގެ އެ ދިގު ނިޔަފަތިތަކެއް ނެތެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ އެ ނިޔަފަތިތައް އާއްމުންނަށް ދައްކާލުމަށް މިއުޒިމްގައި ބަހައްޓާނެއެެވެ.

އޭނާ ދިގުކޮށްފައިވާ ނިޔަފަތިތައް އެއްކޮށްލުމުން ދިގުމިނުގައި 909.6 ސެންޓިމީޓަރު ވަރު ހުންނާނެއެވެ. އަދި ވަކިން ނިޔަފައްޗެއްގެ ދިގުމިނުގައި 197.8 ސެންޓިމީޓަރު ހުންނާނެއެވެ.

އޭނާއަށް ގިނިސް އިން ވަނީ 2016 ވަނަ އަހަރު އެއް އަތުގައި އެންމެ ދިގު ނިޔަފަތިތައް ހުރި މީހާގެ ލަގަބް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު