މިދިޔަ ހަފްތާގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެ، ނިއުމޯނިއާ އަށް ފަރުވާ ކުރަމުން އަންނަ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ހާލު ރަނގަޅު ކަމަށް އޭނާގެ މެނޭޖަރު ބުނެފިއެވެ.

ލަތާގެ މެނޭޖަރު އަދި އެންމެ ގާތް ރަހްމަތްތެރިޔާ އަނޫޝާ ސްރީނިވަންސަން ބުނީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ލަތާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ.

ޑޮކްޓަރ ޕްރަތިތުގެ ބެލުމުގެ ދަށުން ލަތާއަށް ފަރުވާދެމުން އަންނަ ޓީމަށް އަނޫޝާ ޝުކުރު އަދާކޮށްފައިވެއެވެ. އަދި ލަތާއަށް އަވަސް ޝިފާއެއް ލިބި، ގެއަށް ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ވެސް އަނޫޝާ ބުނެފައިވެއެވެ.

ލަތާއަށް ކޮވިޑު ޖެހިފައިވަނީ އޭނާގެ މުވައްޒަފެއް ކޮވިޑަށް ފައްސިވި ފަހުންނެވެ. ލަތާ ކޮވިޑަށް ފައްސިވުމުގެ އިތުރުން ނިއުމޯނިއާ ޖެހިފައިވާ އިރު، ލަތާގެ ހާލު އިތުރަށް ގޯސްވެގެން ދިޔައީ ވެސް ނިއުމޯނިއާގެ ސަބަބުން ކަމަށް ޑޮކްޓަރ ޕްރަތިތު ބުނެފައިވެއެވެ.

ލަތާ ކޮވިޑަށް ފައްސިވުމާއެކު ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ ފަންނާނުންނާއި ލަތާގެ ސަޕޯޓަރުން ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި މީސް މީޑިއާގައި ޕޯސްޓުތައް ކޮށްފައެވެ.

ލަތާގެ ސިއްހީ ހާލަތާ ބެހޭގޮތުން އޭނާގެ ޓީމުން ވާހަކަ ދައްކާފައިވަނީ ލަތާގެ ހާލަތު އަދި ވެސް ވަރަށް ގޯސް ކަމަށް ބުނެ ވާހަކަތައް ފެތުރެމުންދާތީއެވެ.

ލަތާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މެނޭޖަރު ބުނުމުން އިންޑަސްޓްރީގެ ގިނަ ފަރާތްތަކުން ވަނީ އެކަމާ އުފާކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ލަތާޔަށް ހެޔޮއެދޭ މީހުން އަވަސް ޝިފާއަށް އެދުނީ ކޮންފަރާތަކުހެއްޔެވެ؟ ކަލަކު ނުވާކަމަށް ބުނާ މީހުން ޝިފާދެއްވުމަށް އެދެނީ ކޮންފަރާތަކުތޯ އަހާލަން ބޭނުން. ޔާﷲ މިއަޅާމެން އަަބަދުވެސް ފުރިހަމަ ޢަޤީދާގެ މަތީގައި ލަހައްޓަވާށި.

    3
    2
  2. ތީރު

    ލަތާ އަސް ހެޔޮ އެދެންޔާ ހަމަ ﷲ އަށް ދަންނަވާ ! އޭރަށް ހަމަ ރަގަޅުވާނެ! ލަތާ އަސް ހެޔޮ އދޭ ސަޕޯޜޓް ކުރާ މުސްލިމް އެދޭނީ މުސްލިމުންގެ ކަލާނގެ އާ! ހިންދޫން އެމީހުންގެ ބާތިލް ކަލާނގެ ތަކަށް ދުއާ ދެންނެވިޔަސް ހިންމަވާ ދެއްވާނީ ހަމަ ﷲ!