ސަލްމާން ޚާންގެ ޕާންވެލް ފާމްހައުސްގެ އަވަށްޓެރިއަކާއި އޭނާއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.

ސަލްމާންގެ އަވަށްޓެރިއާ ވަނީ ސަލްމާންއާއު ގުޅޭގޮތުން ފާޑުފާޑުގެ ވާހަކަތައް ދައްކާފައެވެ. މިގޮތުން ސަލްމާން ހުރިހާ ދީނެއްގެ ވެސް މުހިންމު ދުވަސްތައް ފާހަގަ ކުރާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރާފައިވެއެވެ.

މިކަމަށް ޖަވާބުދެމުން ސަލްމާން ބުނެފައިވަނީ އަރުބާޒުއާއި ސުހެއިލް ކައިވެނި ކޮށްގެން އުޅެނީ ތަފާތު ދީންތަކުގެ ކުދިންނާއި ކަމަށާއި އެހެންވެ އެ ހުރިހާ ދުވަހެއް ވެސް ފާހަގަ ކުރަނީ ކަމަށެވެ.

އެއަށްފަހު ސަލްމާންގެ އަވަށްޓެރިއާ ސަލްމާނަށް ކޮށްފައިވާ ތުހުމަތަކީ ފާމް ހައުސްގައި ބައެއް އެކްޓަރުންގެ ހަށިގަނޑުތައް ވަޅުލާފައިވާ ކަމަށާއި އެ ފާމް ހައުސްގައި ''ޗައިލްޑް ޓްރެފިކިން'' ވެސް ކުރިއަށް ދާ ކަމަށެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ސަލްމާންގެ ވަކީލް ޕްރަދީޕް ގާންދީ ބުނެފައިވަނީ މި ވާހަކަ ތަކަކީ އެއްވެސް ހެއްކެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަަމަށެވެ. އަދި މިއީ ގަސްދުގައި ސަލްމާންގެ ނަން ހުތުރު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެއެވެ.

ސަލްމާން ވަނީ އޭނާގެ އަވަށްޓެރިއާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އެއީ ސަލްމާނާ ގުޅޭގޮތުން ދޮގު ހަބަރު ފެތުރުމަށް ވީޑިއޯއާއި ޕޯސްޓުތަކާއި އަދި ޓުވީޓުތައް ކުރަމުންދާތީއެވެ.

މީގެއިތުރުން އެ ފާމް ހައުސް ކައިރީގައި އަވަށްޓެރިއާގެ ބިން ވެސް ސަލްމާން ބްލޮކް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ސަލްމާންގެ ވަކީލު ވަނީ މިކަން ދޮގުކޮށްފައެވެ.

ސަލްމާންއަކީ މި ފާމް ހައުސްގައި ކޮންމެ އަހަރަކު ވެސް ސަލްމާންގެ އުފަންދުވަސް ފާހަގަ ކުރަމުން އަންނަ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    ތި އުޅެނީ ސަލްމާން ޙާން އާއި ޒާތީގޮތުން ޖައްސާލައިގެން. މިހާރު ހުންނާނެ ސީލެވިފަ

  2. އަވައްޓެރި އައިޝް

    ސައްލޫ މީ އިންޑިއާގެ މައިކަލް ޖެކްސަން އަށް ވެފަ މިއޮތީ

  3. ޜަނާ

    ސަލްމާނަކީ ފުރިހަމަ މުސްލިމެއް ނޫން . ހަމައެކަނި މުސްލިމް ނަމެއް ކިޔަކަސް މުސްލިމަކަށް ނުވާނެ.އޭނާގެ ބާރތް ސެޓްފިކެޓްގަ ވެސް އޮންނަނީ ހިންދޫމުސްލިމް. އެހެންވީމަ ކިހިނެއް މުސްލިމަކަށްވާނީ. ﷲއެއްކައުވަންތަ ކަން ގަބޫލުނުކޮށް އަޅުކަން ވެވޭ އެހެން ފަރާތްވާ ކަމަށް ގަބޫލުކުުރާ މީހަކީ މުސްލިމެއް ނޫން. ޝަރީކު ކުރާމީހަކު މުސްލިމަކަށްނުވާނެ ނަމާދުކުރިޔަސްް.

    12