"ސްޕައިޑާ މޭން: ނޯ ވޭ ހޯމް" ފަހަތަށް ޖައްސާލައި "ސްކްރީމް" ކުރިއަށް ޖެހިލައިފިއެވެ.

"ސްކްރީމް" އަށް ބޮޑު ކާމިޔާބެއް ލިބުނީ ޑޮމެސްޓިކް ބޮކްސް އޮފީހުގައި ހުކުރު ދުވަހު އެކަނި ވެސް 3.7 މިލިއަން ޑޮލަރު ހޯދައިގެންނެވެ. އެ މުއްދަތާ ހަމައަށް މި ފިލްމަށް ވަނީ ޖުމްލަ 42.6 މިލިއަން ޑޮލަރު(656 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައެވެ.

"ސްކްރީމް" އަކީ 2000 ވަނަ އަހަރުގެ ކަންކަން ހިމެނޭ ކުރީގެ ގޮތަށް ކުޅެފައިވާ ފިލްމެކެވެ. 116 މިނެޓުގެ މި ފިލްމު ރިލީޒްކޮށްފައި ވަނީ މިމަހުގެ 14 ގައެވެ.

މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ މެޓް ބެޓިނެލީ-އޮލްޕިން އާއި ޓައިލަރ ގިލެޓްއެވެ. މި ފިލްމު އުފެއްދުމަށް 24 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ވިލިއަމް ޝެރަކް އާއި ޖޭމްސް ޕޯލް ނެއިންސްޓައިންއެވެ. މީގެ ވާހަކަ ލިޔެފައި ވަނީ ޖެމްސް ވެންޑަބިލްޓް އާއި ގައި ބުސިކްއެވެ.

ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ޖެނާ އޯޓެގާ، ނީވް ކެމްބެލް، ޑީލަން މިނެޓް، ކޯޓްނީ ކޮސް، ޑޭވިޑް އާކިޓް، މެލީސާ ހިމެނެއެވެ.

"ސްޕައިޑާ މޭން: ނޯ ވޭ ހޯމް" ދެ ވަނައިގައި އޮތްއިރު މި ލިސްޓުގެ ތިންވަނައިގައި އޮތީ 1991 ވަނަ އަހަރު ނެރުނު ނޮވެލްއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށްވާ "ރިޑީމިންގް ލަވް" އެވެ. މި ފިލްމު ނެރުނު ދުވަހު ޓިކެޓު ވިއްކައިގައި ފިލްމަށް ވަނީ 1.5 މިލިއަން ޑޮލަރު ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު