މަޝްހޫރު ބައެއް ފަންނާނުން ދަރިން ހޯދުމުގައި ''ސަރޮގެސީ'' އިހުތިޔާރު ކުރެއެވެ. އަދި މިގޮތަށް ދަރިން ހޯދަނީ ވަކި ސަބަބުތަކަކަށްޓަކައި ކަމަށް ފަންނާނުން ބުނެފައިވެއެވެ.

ސަރޮގޭޓަކީ ފިރިހެނެއްގެ ދަރިފަންޏާއި އަންހެނެއްގެ ބިސް، ރަހިމުގައި އިންދައިގެން ދަރިއަކު އުފަންކުރާ އަންހެނާއެވެ. މިގޮތަށް ބޭނުންކުރާ ސަރޮގޭޓެއްގެ ރަހިމުގައި ދަރިފަންޏާއި ބިސް އަށަގަންނުވަނީ އޭގެ ކުރިން އެކަން ކުރުވާ ދެމަފިރިންނާއި އެކު ވެވޭ އެއްބަސްވުމަކަށްފަހު، ދަރިފަނި އިންދައިގެން ލިބޭ ދަރިފުޅު ދޭން ޖެހޭ ގޮތަށެވެ.

މިގޮތުން ސަރޮގޭޓްކޮށްގެން ދަރިން ހޯދާފައިވާ ބައެއް ފަންނާނުންނަކީ:

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް

ދާދި ފަހުން ޕްރިޔަންކާ އާއި ނިކްއަށް ވަނީ އަންހެން ދަރިއަކު ލިބިފައެވެ. ޕްރިޔަންކާ ދަރިއަކު ހޯދާފައިވަނީ ސަރޮގޭޓް ކޮށްގެންނެވެ. ''ޑެއިލީ މެއިލް'' ގެ ރިޕޯޓްތަކުގައިވާ ގޮތުން ޕްރިޔަންކާ ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދާފައިވަނީ އޭނާގެ މަސައްކަތް ހުންނަ ގޮތުންނާއި މިހާރު އޭނާގެ އުމުރުން 39 އަހަރު ވެފައިވާތީ މާބަނޑުވުމުގައި ދަތިތަކާ ކުރިމަތިވެދާނެތީއެވެ.

އެކްތާ ކަޕޫރު

އެކްތާ ކަޕޫރުގެ ފިރިހެން ދަރިފުޅު ރަވީއަކީ ވެސް ސަރޮގޭޓް ކޮށްގެން ހޯދާފައިވާ ކުއްޖެކެވެ. އެކްތާ ބުނެފައިވަނީ އޭނާ ދަރިއަކު ހޯދުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހަތް އަހަރުވަންދެން އައިވީއެފް ޓްރީމެންޓުން ވެސް މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެވަރުން ވެސް ކާމިޔާބު ނުވުމުން ސަރޮގޭޓް ކުރުމަށް ނިންމީއެވެ.

ޝިލްޕާ ޝެޓީ ކުންދުރާ

ޝިލްޕާ ޝެޓީގެ އަންހެން ދަރިފުޅު ސަމީޝާއަކީ ވެސް ސަރޮގޭޓް ކޮށްގެން ހޯދާފައިވާ ދަރިއެކެވެ. ޝިލްޕާ ބުނެފައިވަނީ ޝިލްޕާއަށް ސަރޮގޭޓް ކުރަން ޖެހުނީ އޭނާގެ ހުންނަ ބައްޔެއްގެ ސަބަބުން ދަރިފުޅު ބައިގެންދާތީ ކަމަށެވެ.

ކިމް ކަޑާޝިއަން

ކިމްގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ދެ ކުދިންނަކީ ވެސް ސަރޮގޭޓް ކޮށްގެން ހޯދާފައިވާ ދެ ކުދިންނެވެ. ކިމް މިގޮތަށް ކަންތައް ކުރަން ޖެހުނީ ފުރަތަމަ ދެކުދިން ވިހެއުމުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ. އެކަމުން ކިމްއަށާއި ދަރިފުޅަށް ވެސް ގެއްލުން ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަރޯކޭ

    ދިވެހިންނަށް އެންމެ ބޮޑަށް އެނގޭނީ.

    6
    1
  2. Anonymous

    ސަރުގޭޓް ދަރިން ހޯދަންޖެހޭ ސަބަބަ ބުނެފައިވާއިރު، މިއީ އައިވީއެފް އާއި ތަފާތު އަދި މުސްލިމުން ކުރަން އިސްލާމްދީން މަނާކުރާކަމެއްކަންވެސް އިނގެންޖެހޭ ނޫންތޯ؟؟ ސަބަބަކީ ސަރޮގޭޓް ޕްރެސީޖާ އަކީ ފިރިހެނާގެ ދަރިފަނި އަނބިމީހާނޫން އެހެން އަންހެނެއްގެ ރަހިމުގައި އިންދައިގެން ދަރި ހޯދައި އެކުއްޖާ ވިހައިނިމޭއިރު ކުއްޖާގެ އަސްލު މަންމައަތުން ކުއްޖާ ހޯދައިގެން ބަލައި ބޮޑުކުރުމެވެ. ސަރުގޭޓް ކުއްޖާއަށް އެކުއްޖާގެ އަސްލު މައްމައަކީ ކާކުކަން ދުވަހަކުވެސް ނައަންގާނެއެވެ، މިއީ އެބުނާ ދެފަރާތުން އެއްބަސްކުރުވާ އެއްބަސްވުންތަކަކީވެސް، މިސާލަކަށް ޕްރިޔަންކާއި ނިކްއަށް ލިބޭކަމަށްބުނާ ދަރިވެސް ވިހާނީ ޕްރިއަންކާއެއްނޫނެވެ، ނިކުގެ ދަރިފަނީގައި ވިހާނީ އެހެން އަންހެނެކެވެ. ޕްރިއަންކާ މަންމަ ކިއުއްވައިގެން މައްމަގެ ދައުރު އަދާކުރާނީއެވެ.

    15
    5
  3. Anonymous

    ފިރިހެން މީހާގެ ދަރި ފަނިއާ އަންހެން މީހާގެ ބިސް މި ލަނީ އެހެން އަންހެނެއްގެ ރަހިމަށް.. ޖެނެޓިކްސް ގެ ގޮތުން ދަރި ބަނޑުގަ 9 މަސް ބާއްވާ ވިހާ މީހާ އަކީ ދަރީގެ މަންމައެއް ނޫން

  4. ރަނާ

    ޢެކްތާ މީހަކާ ނުއިދެ ހުރެތަ ދަރި ހޯދަން އުޅުނީ .އޭނާގެ ކޮއްކޮވެސް ވަނީ އެގޮތަށްވދަރި ހޯދާފަ . ނިކްއާ ޕްރިޔަންކާ ވާ އެމީހުންގެެ އެއްޗެތި އެހެން މީހެއްގެ ރަހިމަށްލައިގެން ދަރި ހޯދީ އެކްތާމެން ބޭނުމެއް ނުވޭ މީހުނާ އިންނާކަށް އެކަމު ދަރި ބޭނުންވޭ އެހެންވެ އެހެންހަދަނީ މީހުނާ އިދެގެންް އުޅޭމީހުންވެސް ފަސޭހައެއްނު . ބާޒާރުން ގަނެގެން ގެނައުމެކޭ އެއް ގޮތެއްނު

  5. މީ

    އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (31:14)