އުމުރުން 21 އަހަރުގެ އަންހެނަކު ފާހަނައެއްގެ ތެރެއަށް އެއްމާބަނޑު ދެ ކުދިން ވިހެއިއިރު، އޭގެ ކުރިން އޭނާ ބަނޑުބޮޑުކަން ނޭގޭކަމަށް އެ އަންހެން މީހާ ބުނެފިއެވެ.

އިންގްލޭންޑްގެ ސިޓީއެއްގައި ދިިރިއުޅެމުން އަންނަ ބެތް ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނީ، އޭނާ މާބަނޑުކަން ނޭގުނީ، އޭނާގެ މައްސަރު ކަންތައް އެއްވެސް މައްސަލައެއް ނެތި ކުރިމަތިވާތީ ކަމަށެވެ. އަދި އޭނާ ހީކުރީ އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށުމުން އެއީ ފަލަވާތީ ވާގޮތެއް ކަމަށެވެ.

ބެތްގެ އިތުރު ދެ ކުދިންވެސް ތިބެއެވެ. އޭނާ ބުނީ، އޭނާ ފާހަނަތެރެއަށް ވިހެއި ވަގުތު ލޯބިވެރިޔާ ކޮޓަރީގައި ނިދާފައި އޮތް ކަމަށެވެ.

އަދި ބެތް ވަނީ ފުރަތަމަ ދަރިފުޅު ވިހެއުމަށްފަހު އެމާޖެންސީއަށް ގުޅާފައެވެ. މި ހުރިހާ ކަމެއްވީ އިރު ލޯބިވެރިޔާ ނިދާފައި އޮތްއިރު، އޭނާއަށް ހޭލުވެނީ މާ ލަހުންނެވެ.

އަދި އެމްބިއުލާންސްއަށް އާދެވުނީ ދެވަނަ ކުއްޖާވެސް ވިހެއި ފަހުންނެވެ. ފަހުން ވިހެއި އެ ކުއްޖާ ފުރަތަމަ އޮތީ ނޭވާ ނުލައެވެ. ބެތް ވަރަށް ބިރުން ހުރިއިރު، އެމާޖެންސީގައި އައި މީހުންގެ އެހީގައި އެ ކުއްޖާ ނޭވާލެވުނެވެ.

ބެތް ބުނީ، އޭނާ ވިހެއުމުގެ ކުރިން މާބޮޑަށް ބަލިވެ އުޅޭތީ ޑޮކްޓަރަށްވެސް ދެއްކި ކަމަށެވެ. ނަަމަވެސް އެއްވެސް ވަރަކަށް އެއީ މާބަނޑުވެގެން ވާކަމެއްކަން ނޭގޭކަމަށާއި، އެއީ އޭނާ ގަވާއިދުން މައްސަރު ކަންތައް ދިމާވާތީ ކަމަށެވެ.

ބެތް ވިހާފައި ވަނީ ނޮން އައިޑެންޓިކަލް ޓްވިންއެކެވެ. އެ ކުއްޖަކަށް ފްރޭޔާގެ ނަމުން ނަން ދިންއިރު، އަނެއް ކުއްޖާއަށް ކިޔަވޫ ވިލޯވްސްއެވެ. ދެ ކުދިންނަކީވެސް އަންހެން ދެ ކުދިންނެވެ.