ދިވެހިންގެ މެދުގައި މަގުބޫލުކަމެއް ލިބިފައިވާ ޓިކްޓޮކުން ހަމަ އެކަނި މަޝްހޫރުވެގެން ދަނީ މީހުންނެއް ނޫނެވެ. އޭގެއިން ފަހަކަށް އައިސް ބޮޑު މަގުބޫލު ކަމެއް ލިބިފައިވަނީ ބުއިމެއް ކަމުގައިވާ ބޮމްބޭ ޓީއަށެވެ. މުޅި މީސްމީޑިއާ ވަނީ "ބޮމްބޭ ޓީ ބޯން އާދޭ! ބޮމްބޭ ޓީ!" އަށެވެ.

ބޮމްބޭ ޓީ އަކީ ކުރީއްސުރު ރެސްޓޯރެންޓް ތަކުންނާއި ކުދި ކުދި ގާޑިޔާ ތަކުން ލިބެން ހުންނަ އެއްޗެއް ނަމަވެސް ފަހަކަށް އައިސް މި ބުއިން މަޝްހޫރު ވެފައިވަނީ ޓިކްޓޮކް ތަރި ނަދީގެ ވީޑިއޯ އާއި އެކުގައެވެ. ނަދީގެ ކޮންމެ ވިޑީއޯއަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އިރު މި ވީޑިއޯ އަށްވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

"ބޮމްބޭ ޓީ ބޯން އާދޭ! ބޮމްބޭ ޓީ!" ނަދީގެ މި ދައުވަތާއި އެކު މުޅި ރާއްޖޭގައި ބޮމްބޭ ޓީއަށް އޮތް ޑިމާންޑު ވެސް ވަނީ ކުއްލިއަކަށް އަރައިގެން ގޮސްފައެވެ. އެކަން އެނގިގެން ދަނީ ރެސްޓޯރެންޓަކަށް ވަނަސް އެތަނުގައި ތިބޭ މީހުން ބޮމްބޭ ޓީ ބޯތަނާއި މީސްމީޑިއާ ބޮމްބޭޓީ ފޮޓޯ ތަކުން ފުރާލުމުންނެވެ.

@nadhyy5

♬ original sound - Nadhyy5

ނަދީގެ އެ ވީޑީއޯއަށް 2،570 މީހަކު ލައިކް ދީފައިވާއިރު، 146،300 އަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބަލާފައެވެ. އޭނާ އާންމު ކޮށްފައިވާ ވީޑިއޯގައި ދަރިފުޅު އުރާލައިގެން ޖޯލިފައްޗެއްގައި އިނދެ ކަރުދާސްތައްޓެއްގައި ބޮމްބޭ ޓީއެއް ހިފައިގެން އިނދެ ނަދީ ބުނަނީ “ބޮމްބޭ ޓީ ބޯން އާދޭ، ބޮމްބޭޓީ ބޯން” އަދި އެއަށްފަހު ބުނަނީ “ވަރަށް މީރު” ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނަދީމާ ޓިކް ކުއީން

    ބޮމްބޭޓީ ބޯން އާދޭ.. ވަރަށް މީރު

    18
    5
  2. ނަދީމާ

    ބޮމްބޭޓީ ބޯން އާދޭ .. ވަރަށް މީރު

    15
    4
  3. ނަދީމާ އިން މޫސަބެ

    ޕްލީސް ވަގުތު ޑޯންޓް ޓްރައި ޓު ގެޓް ފޭނަސް

    27
  4. އާޝޯޙު

    ދިވެހިން ހޭބަލިވަނީ

    53
    3
  5. އަހާލަން ބޭނުން..

    ވަގުތު ނޫހުގައި މަސައްކަތްކުރަނީ މި ޓިކްޓޮކް ކުޅެ އުޅޭ “މޮޔައިން” ފެންވަރުގެ މުވައްޒަފުން ބާވައޭ.. ލިޔާނެ އެއްޗެއް ނެތިޔާ މައިތިރިވެ މަޑުންތިބެބަލަ…

    86
    1
  6. ޣގގ

    މިވެސް ދެން ހަބަރެއް

    57
  7. ޙަނީ

    ލަދުކުޑަ މީހާ މަސްހޫރު ވާލެއް އަވަސްވާނެ

    66
    3
    • ހސނ

      ހަސަދަ ވީދޯ ތިބޭފުޅާ

      7
      30
    • ހަގީގަތް

      ވ. ބޮޑު ތެދެއް…

      9
      1
  8. ކްލިކް

    ކްލިކްބެއިޓް.

    15
  9. ރީޝްމީ

    މިހެންވެ ދޯ މިއަދު އޮފީހަށް ވަންއިރަށް އެހެން މުވައްޒަފުން
    ބޮމްބޭ ޓީއޭ މި ކީ މާވަރަށް... ދެން ކީކޭ ބުނާނީ... ދިވެހިން ހާދަ ފީކަޅަޔޭ... އެއްވެސް މަޖަލެއް، ރީޗެއް ނޫން...

    24
    1
  10. ފާގަހަސަން

    ކީކޭ އަޅެ ބުނާނީ.
    އަބުރުވެރި ދިރިއުޅުމެއް އުޅެލަން ނޭގޭ ވިއްޔާ...

    32
    2
  11. އާދަމް

    ވާ ގޮތަކީ އަޅުގަނޑުމެން ދިވެހީންނަށް ވެސް ޖެހެނު އަދި ޖެހެމުންދާ އަވައީ ހުޅަނގުކަން.
    އެގޮތީ، މަޝްހޫރުވެލަން ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ.ނޫނީ ފޮލޯވަރުން އިތުރުކޮއްލަން. މިއީ ވަރަށް ދެރަކަމެއް.
    މިފަދަ ކަންތައް ކުރަން އުޅެން ހަދައިގެން ވަރަށް ހިނިއަންނަ ކަހަލަ ކަންތައް ވެސް ހިނގަމުން އެބަދޭ. މިއީ އެފަދަ ކަމެކޭ އަޅުގަނޑު ދަންނަވާނީ.

    18
    1
  12. މއކ

    އައްޗީޑި

    14
    1
  13. ރިލޭ

    ދީބަލަ އަޅޭ ؛؛؛ ވަރަށް ބޯހިތްވޭ !

    7
    3
  14. ކުމާރު

    މިހަބަރު ކިޔާފަ އެމަންޖެ މޯޓިވޭޓްވެގެން ގޮސް ޔާޔާ ދެއްކިކަހަލަ އެއްޗެއް ނުދެއްކިއްޔާ ރަގަޅު.

    14
  15. ކަނޑުފުރޭތަ

    އަމައްޔާތް

  16. ޅަބޭ

    އާދެބަލަ ބޮންްބޭޓީ ބޯލަދޭން...

    5
    2
  17. ސޮއްބެ

    ތިއީ މޮޔަ އެއްޗެއް... ކޮން ބޮންބޭ ޓީއެކޭ ކިޔާކައްތަ..

  18. އަބްދޫ

    ބޮމްބޭޓީ އަހަރެންބޯނީ ބޮމްބެއަށް ގޮސްހުރެ ރާއްޖޭގަ ބޯނީ ރާއްޖޭގެ ޓީ ނުވަތަ ސައި