މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް އަޅާނުޅާ މީހުން އަދަދު ދުނިޔޭގައި ދަނީ މަތިވަމުންނެވެ. މައިންބަފައިން ތިމާއަށް ޓަކައި ކޮށް ދިން ކަންކަން ހަނދާންނައްތާލާ އެމީހުންނަށް ބޭއަދަބީ ގޮތްގޮތަށް އަމަލު ކުރާ މީހުންވެސްދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މިގޮތަށް އަމަލް ކުރާ މިހުން ހުއްޓުވުމަށް އިންޑިޔާގެ މުންބާއީގައި މަސައްކަތަކެއް ފަށާފައެވެ. މިކަން ކުރާ ގޮތަކީ އުމުރުން ދުވަސްވީ މީހުންނަށް އަޅާ ނުލާ މީހުންގެ ލިސްޓެއް އާއްމު ކުރުމުވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޝޭމްލިސްޓް"ގެ ނަމުން ނަންދެވިފައިވާ މިލިސްޓަކީ ވަރަށް ގިނަ ބައެއްގެ އެދުމަށް ކުރެވުނު މަސައްކަތެއް ކަމަށް މިކަން ކުރާ ފަރާތުން ހާމަ ކުރާ ކަމަށެވެ. މިގޮތުން މިކަން ކުރާ ގޮތަކީ މުސްކުޅިން ގާތު ސުވާލުކޮށް އެމީހުންނަށް އަޅާ ނުލާ މީހުންގެ ލިސްޓެއް ތައްޔާރު ކުރެއެވެ. އަދި މިލިސްޓް އާއްމު ތަންތާގައްޔާއި އިންޓރނެޓްގައި އާއްމު ކުރެއެވެ.

"ޝޭމް ލިސްޓް"އަކީ މައިން ބަފައިންނަށް އަޅާނުލާ މީހުންގެ ނިސްބަތް މަދު ކުރުމަށް ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޜާއްޖޭގައިވެސް މިގޮތަށް ކަންތަށް ކުރަން ފެނޭ.ހާދަ ނިކަމެތިކޮށް މައިންނާބަފައިން އެބައުޅޭ މިގައުމުގަވެސް.

  2. ޖޮއްބެ

    ޝޭމު ލިސްޓޭ...! އިހަށްވީ އިންޑިއާގެ ހުރިހާ ފިރިހެނުން ހޯޖާ ކުރާކަށްނު؟. ދެއަހަރު ނުވާ ތުއްތުކުދިން ވިއްޔަ ދަމާގެންގޮސް ތިއޮއްގެން ރޭޕްކުރަނީ. ޝޭމް އޮންޔޫ ރޭޕިސްޓް.?

  3. އަހަރެން

    އަހަރެން ގޯތީގަ ވެސް އެބަުޅޭ ތިކަހަލަ އެޗެއް..