ޕޮލެންޑްގައި ސިއްހީ މައްސަލަތަކަށް ފަރުވާ ކުރުމަށް މަރުޖުއާނާ ހުއްދަ ކުރަން ނިންމާފިއެވެ.

މިދިޔަ ބުދަ ދުވަހު ޕޮލެންޑްގެ ޤާނޫން ހަދާ މަޖިލީހުން އެކުލަވާލި މިޤާނޫނުގައި ވާގޮތުން ބޭސް ފިހާރަތަކުން މަރުޖުއާނާ ފަތް ޑަކްޓަރުގެ ލިޔުމަކާ ނުލާ ދުކުރެވޭނެއެވެ. ޕޮލެންޑްގައި 13،00 އަށްވުރެ ގިނަ ބޭސް ފިހާރަ ހުންނަ އިރު މިހާރު ނުވަދިހަ އިންސައްތަ ބޭސް ފިހާރަޔަތްވަނީ މަރުޖުއާނާ ފަތް އެތެރެކޮށް ވިއްކަން ފަށާފައެވެ.

ޕޮލެންޑްގައި މިހެދުނު އާ ޤާނޫނުއާއެކު މަސްތުވާ ޒުވާނުންގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ބިރު އެބައޮތްކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ. ޕޮލިޝް ފާމަސިއުޓިކަލް ޗެންބަރ އިން ބުނީ މަރުޖުއާނާ އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވަކި ބޭސް ފިހާރަ ތަކަކަށް ކަމަށާއި މަރުޖުއާނާ އެތެރެކޮށް އެބޭނުން ކުރަމުންދާގޮތް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.

އަދި އިތުރަށް ބުނީ މަރުޖުއާނާ ފަތް އެތެރެ ކުރަން ޖެހޭނީ އެހެން ގައުމަކުން ކަމަަށާއި އެތެރެ ކުރުމުގެ ކުރިން ޕޮލެންޑްގެ އޮފީސް އޮފް ރެޖެސްޓްރޭޝް ފޯރ މެޑިކަލް ޕުރަޑަކްގައި ނަން ނޯޓް ކުރަންޖެހޭނެ ކަމަށެވެ.

މަރުޖުއާނާ ފަތަކީ ބައެއް ބަލިތަކަށް ފަރުވާ ކުރެވޭ އެއްޗެކަށް ވީނަމަވެސް، އެއީ މަސްތުވުމަށް ބޭނުން ކުރާ އެއްޗެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    ކެރަފާނަޝީދު ތިޔަތަނަށް ފޮނުވާ.

  2. އަހްމަދު

    ރާއްޖެގަ އުޅޭބަލިކުދިންކޮޅު ފޮނުވާލަ ...

  3. ބީވީވީ

    ދިވެހިރާއްޖޭގެ ގައި ހުއްދަ ކުރަނީ ކޮންދުވަހަކުތަ؟

  4. ޙުގައި

    މެރުއާނާ......އިނގޭތޯ