މިކަން ހިނގީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އުމުރުން 24 އަހަރުގެ ފިރިހެނަކު އޭނާގެ ރަހުމަތްތެރިއެއްގެ ގެއިން އެނބުރި ގެއަށް ދަނިކޮށް ކުޑަކަމުދާން ބޭނުންވެގެން އޭނާ ދިޔައީ ފެންގަނޑެއް ކައިރިއަށެވެ.

އިންޑިއާގެ ޑޮމްބިވިލި އަވަށުގައި ހުރި އެ ފެންގަނޑު ކައިރީގައި ކުޑަކަމުދާން ހުއްޓާ ވެއްޓުނީ ފެންގަނޑު ތެރެއަށެވެ. އޭނާ ފެންގަނޑު ތެރެެއަށް ވެއްޓުމާއެކު އޭނާ ސަލާމަތްކުރުމަށް ގޮވަމުން ދިޔައެވެ. އެހެން ނަމަވެސް އޭނާ ސަލާމަތް ކުރެވޭނެ ފެންވަރުގެ މީހަކު އެވަގުތު އެތާކު ނެތެވެ.

ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ފެންގަނޑު ތެރެއަށް ވެއްޓިފައި ވަނީ ކުޑަކަމުދާން ހުއްޓާ ބެލެންސުން ކަޓައިގެން ކަމަށް ބެލެވެއެވެ.

އޭރު އެއްވެސް މީހަކަށް އޭނާ ވެއްޓުނުކަން ނޭނގުނު ނަމަވެސް، ބަޔަކަށް އެތަން ފެނުނީ އޭނާ ސަލާމަތައް އެދި ގޮވަމުން ދަނިކޮށެވެ.

އެ މީހާގެ ބޭބެ ބުނީ. މީހަކު ގުޅާފައި ކޮއްކޮއަށް އެހެންވެގެން އުޅޭކަން ބުނިކަމަށާއި، އޭނާ ކޮއްކޮގެ ފޯނަށް ގުޅި ކަމަށެވެ. އަދި ދެ ފަހަރަކަށް ފޯނު ރިންގުވެފައި ފަހުން ފޯނަށް ނުގުޅުނުކަމަށް އޭނާ ބުންޏެވެ.

އަދި އޭނާ އެތަނަށް ގޮސް ބައެއް މީހުން ކައިރިން އެހުމުން އެނގުނުގޮތުގައި، އޭނާ ގެނބުނީއެވެ. އެތައް ބަޔަކު އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ. އަދި އޭނާ ސަލާމަތް ކުރުމަށްވެސް މަސައްކަތް ކުރިކަމަށް ވެއެވެ.

އެހެން ނަމަވެސް އަދިވެސް އޭނާ ފެނިފައިނުވާކަމަށް ވެއެވެ.

މިހާރުވެސް އާއްމުންގެ ގިނަ ބަޔަކުވެގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު