ބައެއް ކުންފުނިތަކުގެ ވެރިންނަކީ އެތަނުގެ މުވައްޒަފުންނަށް ވަރަށް ހިތްހެޔޮ، މަސައްކަތް ކުރާ ހިތްވާ ފަދަ މާހައުލެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރާ ވެރިންނެވެ.

މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ބައެއް ވެރިންނަށް ވަރަށް މުހިންމު އަދި އެހާމެ އިސްކަން ދޭ ކަމެކެވެ. މިފަދަ އެއް ވެރިއަކީ ''އިވޯލްވް މިކްސްޑް މާޝިއަލް އާޓްސް'' ގެ ވެރިޔާ ޗަތުރީ ސިޓްޔޮޑްޓޮންގްއެވެ.

އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް 30 އިންސައްތަ ކުރިއެރުން ލިބުމުން އެކަމުގެ އުފަލުގައި، މުވައްޒަފުންނަށް ޝުކުރު އަދާކުރުމަށް ހުރިހާ މުވައްޒަފުންނަށް ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އޭނާ ވަނީ ހޯދައިދީފައެވެ.

މިއީ މިފަދަ ކަމެއް މުވައްޒަފުންނަށް ޗަތުރީ ކޮށްދިން ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ އަހަރަކު ވެސް މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮޔުން ހުރިހާ މުވައްޒަފުންނަށް ވެސް ކޮންމެވެސް ތަނަކަށް ޗުއްޓީ ހޭދަކޮށްލުމަށް ފޮނުވައެވެ.

3.3 ކްރޯރް އިންޑިއަން ރުޕީސް ހަރަދުވި މި ދަތުރުގައި އެ ކުންފުނީގެ 100 މުވައްޒަފަކު ބައިވެރިވިއެވެ.

ރިޕޯޓް ތަކުގައިވާ ގޮތުން ޗަތުރީ މިގޮތަށް ކޮންމެ އަހަރަކު ވެސް މުވައްޒަފުންނަށް ޗުއްޓީ ހޭދަކޮށްލުމަށް ފޮނުވަނީ އެމީހުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މުވައްޒަފުން ކުރާ މަސައްކަތާއި އަޅާބަލާއިރު އެއީ ވެސް އެމީހުންނަށް ކޮށްދެވޭ ވަރަށް ކުޑަ ކަމެއް ކަމުގައި ޗަތުރީ ބުނެފައިވެއެވެ.

ޗަތުރީއަށް އޭނާގެ މުވައްޒަފުންނަކީ ''ރޮކްސްޓާސް'' އިން ކަމަށް ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޗަތުރީއަށް ތަޢުރީފުކޮށް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ އެންމެ ރަނގަޅު ''ބޮސް'' ގެ އެވޯޑް ހައްގުވަނީ އޭނާއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނު

    ރާއްޖޭގަ 1972ގައި ޓުައަރިޒަމް ފެށިގެން މިޔަދާހަމައަށް އައިއިރު ރާއްޖޭގެ ރިސޯޓްތަކުގެ އޯނަރުންނަށް ބިލިޔަނުން ފައިދާވިއިރުވެސް އެއްކަލަ މުއައްޒަފުމީހާ މިހުރީ ވަންނާނެ ގެދޮރު އަޅާލާނެ ވަރުވެސްނުވެ، ކޮވިޑު ފެށުނުތަނުން ރާއްޖޭގެ މަހުޖަނުން މުއައްޒަފުން ވަޒީފާއިން ވަކިކޮށް ލިބެމުންދިޔަ މުސާރައިން ބޮޑު ޕަސެންޓެއް ކަނޑާލައި ކުރިއަށްވުރެ ގިނަވަގުތު މަސައްކަތް ކުރަން މަޖުބޫރުކުރުވި. ކީއްތޯވާނީ ރިސޯޓް އޯނަރުން އެމީހުންގެ މުއައްޒަފުންނަށް އިންޓަރެސްޓް ފުރީ ލޯނުދީ ގެދޮރު އިމާރާތްކުރަން އަހަރަކު 10މުއައްޒަފުން ހޮވާލިއްޔާ ނޫނީ ގެދޮރު އިމާރާތްކޮށްލާނެ ތަކެތި ދިނިއްޔާ، ނޫނީ އަހަރަކު 5 ސުޓާފުން ހައްޖައް ފޮނުވާދިނިއްޔާ

    15
  2. ޚހފދދ

    މީހުން އިހްތިރާމާއިއެކު ބަލައިގަންނާނީ މިފަދަ އޯގާތެރި ވެރިން..ގަދަބާރުން މީހުން ނިކަމެތިކޮށްގެން އެއްވެސް ތަނެއް ކުރިނާރާނެ..

    27
  3. މިތުރާ

    ބޮޑު ސޭޓު ކީކެބާ ބުނަނީ،!

    26
  4. ގާސިމު

    ތީބޭކާރު ހަރަދެއް 😂

    2
    10
  5. އަލީ

    ޗަންޕާ ރިސޯރޓު ތަކުން މިކަން ކުރާތާ ކިތަންމެ އަހަރެއް ވެއްޖެ. ކީވެބާ ނޫހުގަ ޖަހާނުލަނީ؟ އެމީހުންގެ ގިނަ ދުވަހު މަސައްކަތް ކޮށްދިން މުއައްޒަފުން ރާއްޖެއިން ބޭރުގައުމަކަށް ޗުއްޓީ ފޮނުވާ ކޮންމެ އަހަރަކު.

    2
    8