"އެކްސްޓްރީމް ލައިވްސް" ކިޔާ ޕޭޖަކުން އާއްމުކޮށްފައިވާ ވީޑިއޯ ފަށައިގަތެވެ. ވާހަކަދައްކަމުން ދަނީ ޒުވާން ފިރިހެނެކެވެ. އަދީލް ނަމަކަށް ކިޔާ އެ ޒުވާނާ ފަށައިގަތީ ކުރީގެ ހަނދާނަކުންނެވެ.

"ހަނދާންޥޭ އެއް ފަހަރެއްގައި މަންމަ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި ބާއްވާފައި އޮއްވާ، ދެން އޭރު ވަރަށް ގަދަޔަށް ބޭނުން ކުރަން, މަސްތުވާތަކެތި، އެ ދުވަހު ބުނާ އެއްޗަކީ ތިމަންނަ ފެންނަ ހިސާބަށް ނާންނައްޗޭ، މިހާރު މީހާ އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނޭ، ބުނަނީ ދުވަހަކުވެސް އަދީލްއަކަށް މަންމަގެ ހިތް ހަލާލެއް ނުދޭނަމޭ,"

މަންމަގެ އެ ވާހަކަތައް އަދީލް ހިއްސާ ކުރަމުން ދިޔައެވެ. މަންމަ އެ ބުނި ވާހަކަތަކާއި ދެރަވި ކަމުގައި އާދިލް ބުނެއެވެ. އެކަމަކު އޭރު ދެރަވެގެން ވެސް އޭނާ ކުރަން އެނގޭ ކަމަކީ މަސްތުވާތަކެތި ބޭނުން ކުރުމެވެ. ހޮސްޕިޓަލްގެ ފާހަނާ ތެރެއަށް ވަދެ މަސްތުވާތަކެތި ބޭނުން ކުރި ކަމުގައި އޭނާ ބުންޏެވެ.

"އެ ދުވަހު ނިދަން އޮއްވާ ފަތިހު ބައްޕަ ގުޅާފައި ބުނީ، މަންމަ ދުނިޔެ ދޫކޮށް ގޮއްސިއޭ،" ވީޑިއޯ ފަށައިގަންނަނީ އާދިލްގެ މި ވާހަކަތަކުންނެވެ. އޭގެ ފަހުން އޭނައަށް ދިމާވި ކަންކަމާއި ދިރިއުޅަށް އަދި ބަދަލު ތަފްސީލްކޮށް ކިޔައިދޭން ފަށައެވެ.

"މި ކަންކަން ފެށެނީ ރައްޓެހިންނާއި އެކު ބޭރަށް ގޮސް އުޅެމުން ބޯން ފެށި ސިނގިރޭޓަކުން، ސިނގިރެޓާއެއްކޮށް ހިނގައްޖެ، ދިޔަ ގޮތަށް ގޮސް އެންމެ ފުލާ ޖެހެންދެން، މަސްތުވާތަކެތި ނަން ހުސްކޮށް އެ ހުރިހާ އެއްޗެއް ވެސް ބޭނުން ކުރެވޭ، އެ ވިއްކާ ބޭނުންކޮށް އެ ކަހަލަ ގޮތަކަށް އުޅުނީ،"

އާދިލް ބުނި ގޮތުގައި އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުވާތަކެތީގެ ތެރެއަށް ވަދެފައެވެ. ފަށާއިރު އެއީ ކިހާ ވަރެއްގެ ކަމެއް ކަމެއް އާދިލްއަކަށް ނޭނގެއެވެ. ރަނގަޅަށް ލޯ ހުޅުވާ ނުލެވެނީއެވެ. މީހާ މުޅިން ނުބައި ފަންތިއަކަށް މި މަސްތުވާކަތި ގެންދާ ކަމުގައި އޭނާ ބުނެއެވެ.

"ވަރަށް އެހެން ކަހަލަ ސްޓޭޖަކަށް ދިޔަ، މީހާ މަރުވާން ވެގެން، ހަތަރު ވަރަކަށް ފަހަރަށް ސޫސައިޑް ކޮމިޓް ކުރިން،" އާދިމް ބުނެއެވެ. "މި ދައްކާ ހިތް ވެސް ނުވާ ކަހަލަ ސްޓޭޖެއްގައި މީހާ ހުރީ، ފައިސާ ހޯދަން ވެގެން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް މި އޮންނަނީ މީހުންނަށް ބިރު ދައްކައިގެން ކަންތައް ކުރުމާއި ވައްކަން ކޮށްގެން ލާރި ހޯދުން،"

މިކަމުގެ ސަބަބުން އޭނާގެ މައިންބަފައިންނާއި، ދައްތައަށް ވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން "އޭނާގެ އަމިއްލަ ދެ އަތުން" އެތައް އަނިޔާއެއް ދެވުނު ކަމަށް އާދިލް ބުނެއެވެ. މި ގޮތުން، ދައްތައަށް ބިރު ދައްކައިގެން އެކި ފަހަރު މަތިން ފައިސާ ހޯދި ކަމަށް އޭނާ ބުނެއެވެ.

"އެއީ ކަން ނޭނގެ އަސްލު އަހަންނަށް ޓާނިން ޕޮއިންޓަކީ. އަހަރެން ގަބޫލު ކުރާ ގޮތުުން، އަހަރެންގެ މަންމަ އަހަރެންނަށް ހިތް ހަލާލު ނުދީ އެ ދުވަހު އެ ދިޔައީ ވަަރަށް ބައިވަރު އެއްޗެހި ހިތުގައި އަޅައިގެން، މަށަށް އެނގޭ އެއްޗަކީ، މިތާ މިހެން އިނދެގެން މި ވާހަކަ ދައްކަން މި ފުރުސަތު ލިބުނީ ވެސް، އަމިއްލަ ނަފްސަށް އޭތި ގަބޫލުކޮށްފައި، އުޅެނީކީ ރަނގަޅަށް ނޫންކަން ގަބޫލު ކޮށްގެން،"

އާދިމް ބުނީ ދިމާވި ހުރިހާ ކަމަކަށް ފަހު، އޭނާ މިހާރު ހުރީ މަސްތުވާތަކެތިން ދުރުވެފައެވެ. އާމްދަނީއެއް ލިބޭނެ ހަލާލު މަސައްކަތެއް މިހާރު އޭނާ ކުރެއެވެ. އަދި އެހެން ޒުވާނުންނަށް ވެސް އޭނާ ދޭން ބޭނުންވާ އެންމެ ބޮޑު މެސެޖަކަށް އޮތީ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށެވެ. އަދި އޭނާއާއި އެކު، މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ޒުވާނުން ހޯދައި އެ މީހުނަށް އެހީވާން ބޭނުންވާކަން އާދިލް ފާހަގަ ކުރެއެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ މި އިންސްޕިރޭޝަން އެހެން މީހުންނާއި ހަމައަށް ކެރީކޮށް، އެހެން މީހުންނަށް މި އެއްޗެހި ކިޔާދޭން، އަހަރެން މިހާ ހިސާބަށް އަންނަން މަސައްކަތް ކުރީ، މިއީ އެންމެ ރެއަކުން، އެންމެ ދުވަހަކުން ވީ ކަމެއް ނޫން ކަން، ވަރަށް ބައިވަރު ސްޓްރަގްލްސް، ވަރަށް އުނދަގޫތައް ވަރަށް ހިތްވަރަކާއެކު މަސައްކަތްކޮށްގެންނޭ ހިސާބަށް އާދެވުނީ،"


އަދީލް ބުނީ، އޭނާއަށް މިހާ ފަސޭހައިން ކުރިއެރުން ލިބެނީ މަންމަގެ ސަބަބުން ކަމުގައެވެ.

"ކޮންމެ ރެއެއް ނިދާއިރުވެސް އަބަދުވެސް ދުއާ ކުރަން، ހުވަފެނުން ވެސް ފެނޭ، ބައެއް ފަހަރު ހީވޭ ކަންފަތް ކައިރީގައި ވެސް ބުނާހެން ވެސް، ބައެއް ކަންތައްތަކުން ކިޔާދޭހެން ހީވޭ، އަހަންނަށް އަބަދުވެސް ގަބޫލުކުރެވޭ އަހަރެން މަންމަ މަތިން އަހަރެންނަށް ބަލާކަން، މިއަދު ވަރަށް އުފާވޭ،" ވީޑިއޯ ނިންމާލަމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ތިނަދޫ ކޮއްޔަ

  މަރުވެފައިވާ މަންމަ މަތިން ބަލާ ކަމަށް ހީވަންޏާ އެއީ މައްސަލަ އެއް ބްރޯ، ދީނީ ދަންނަބޭކަލެއް އަރިހުން އެކަންކަން އޮޅުން ފިލުވާ ހަދާލާ.

  މަންމަ އަށް ހެޔޮ ދުޢާ ކުރޭ.

  އަދި ޘާބިތުވެ ހުރެވޭ ތޯ ދުޢާ ކޮށް ހިތްވަރު ކުރޭ!

  56
  4
 2. ޒާހިދު

  ވަރަށް ރަނގަޅު އަރޓިކަލް އެއް. މިކަހަލަ އާޓިކަލް ތައް ގިނަގިނައިން ޕްބްލިޝްކުރުން މުހިއްމު!

  17
  1
 3. ހިކިހިކި ކުއްޖާ

  “ދޭން ބޭނުންވާ މެސެޖް އަކީ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަން” އަޅުގަނޑު ދޭންބޭނުންވާ މެސެޖްއަކީ ފަޜުލު ފަސްނަމާދު އަދާކޮށް، ދީނީކަންކަމައް އިސްކަންދީ އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރުން

  21
  2
 4. އަޒްމީ

  ގޯސް މަގަކުން ދެވުނުކަމުގައިވިނަމަވެސް ރަނގަޅު މީހެއް އަދީލްއަކީ. މަޖީދީއާގައި އެއްކްލާހެއްގައި އުޅުނިން. ގުންޑާ ގޮތަކަށް އުޅުނަސް ހިތްހެޔޮ މިޒާޖެއްވެސް ހުރޭ. އޯލްދަބެސްޓް

  15
  2
 5. ޙަލީ

  ރަނގަޅުމަގަށް ރުޖޫޢަވުމަކީ ކޮޅުނެތްހާކޮޅަށް ރަނގަޅުކަމެއް. އެކަމަކު މަންމަ އަށްވުރެ މާހައިވަންތަކަން ބޮޑު ފަރާތަކުން މަތިން ބައްލަވާވޮޑިގެންވަނީ. މަންމައަށް މިއަދު މައއްޗަކުން އަދި ތިރިއަކުންވެސް ނުބެލޭނެ. މަންމަ އަށް ބެލުނުދުވަހު މަންމަ ދިން ނަސޭޙަތް މަންމަ ދިއުމަށްފަހުވެސް ގަބޫލުކޮށް މަންމަ އަށް ހެޔޮދުޢާކުރޭ.

  18
  1
 6. ހުވަދޫ އަލިބެއްޔާ

  "އަހަންނަށް އަބަދުވެސް ގަބޫލުކުރެވޭ އަހަރެން މަންމަ މަތިން އަހަރެންނަށް ބަލާކަން،" ބްރަދަރ އެބަ ޖެހޭ ރޯފިލާ ވަރަށް ދީނީ ޢިލްމު އުގެނެން..

  5
  1
 7. ވަހީދާ

  އިރެއްގަ ގޯސްކޮށް އުޅެފައިވީ ކަމުގައިވިޔަސް މިއަދު އަދީލްއަކީ ވަރަށް ރަގަޅު ސިފަތަކެއް ހުރި މީހުންާނާއި ގުޅިގެން މަސައްކަތް ކުރާ ވަރަށް ހީވާގި މީހެއް. ތިއީ ވަރަށް ހިތްވަރުހުރި ފަރާތަކަށް ވުމުން ނާއި އެކު މާތްﷲގެ ހެޔޮ ރަހްމަތްފުޅުން ތިވަބާއިން ސަލާމަތްތިވީ. އަބަދުވެސް ފަރުލު ފަސްނަމާދަށް ފަރުވާތެރިވެ ލޯބިވާމަންމަޢަށް ހެޔޮ ދުޢާ ކޮށް މަންމަގެނަމުގައިސޮދަގާތް ކޮށް ހެދުމުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބޭނެ ކަން ޔަޤީން. ހެޔޮގޮތްމިންވަރު ކުރައްވާށި. ޢާމީން..