އުފަން ދުވަސް ފާހަގަ ކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރާ ކަމެކެވެ. އުފަންދުވަސް ފާހަގަ ކުރަނީ އެމީހަކު އުފަން ތާރީހެއްގައެވެ. އުފަން ދުވަސް ހަނދާން ނެތިގެން އުޅޭ ވާހަކަ އަޑުއިވެނީ ވަރަށް މަދުންނެވެ. މިއީ މިފަދަ ހާދިސާއެއްގެ ވާހަކައެވެ. މި މަންމަ އަށް އޭނާގެ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރެވެނީ ނުބައި ދުވަހެއްގައިކަން އެނގުނީ އަހަރުތަކެއް ފަހުންނެވެ.

އެމިލީ ވޮންޑްރާޗެކް ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ދަރިފުޅުގެ އުފަންދުވަސް ނުބައި ދުވަހެއްގައި ފާހަގަ ކުރަމުންދާކަން ހާމަކޮށް އެ ވާހަކަ ހިއްސާކުރީ އޭނާގެ ޓިކްޓޮކް އެކައުންޓު މެދުވެރިކޮށެވެ. އެ ވީޑިއޯގައި ވޮންޑްރާޗެކް ބުނީ އޭނާގެ ތިން އަހަރުގެ ދަރިފުޅު، ހެންރީގެ އަސްލު އުފަންދުވަސް އެނގުނީ އިންޝުއަރެންސް ކުންފުންޏަށް ދިއުމުން ކަމަށެވެ.

އިންޝުއަރެންސް ކުންފުނިން ވޮންޑްރާޗެކް ކައިރީ ބުނީ އޭނާގެ ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓްއާއި އެ ކުންފުންޏަށް ދީފައިވާ އުފަންދުވަހުގެ ތާރީހު ތަފާތު ކަމަށެވެ. އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓް އާއި އިންޝުއަރެންސް ކުންފުންޏަށް ދީފައިވާ ތާރީހު ދިމާނުވެއެވެ. އެކަތީގައި ފެބްރުއަރީ 26 އޮތްއިރު އަނެއް ތާރީހަކީ ފެބްރުއަރީ 25 ކަމަށް އެ ކުންފުނިން ބުންޏެވެ.

ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރެވެމުންދަނީ ނުބައި ދުވަހެއްގައިކަން އެނގުމުން ވޮންޑްރާޗެކް ވަނީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. ނަމަވެސް އޭނާގެ ވީޑިއޯ ބަލާފައި އެއް ބަޔަކު އެއީ މައްސަލައެއް ނޫންކަމަށް ބުނެފައިވާއިރު އެހެން ބަޔަކު ވަނީ އޭނާގެ ފަރުވާ ކުޑަކަން ހާމަކޮށްފައެވެ.

ހެންރީގެ އަސްލު އުފަން ދުވަހަކީ ފެބްރުއަރީ 25 އެވެ. ނަމަވެސް ފާއިތުވި ދެ އަހަރުގައިވެސް ހެންރީގެ އުފަންދުވަސް ފާހަގަ ކުރީ ފެބްރުއަރީ 26 ވަނަ ދުވަހުގައެވެ. އަދި އިންޝުއަރެންސް ކުންފުންޏަށް ވެސް ދިނީ މި ނުބައި ތާރީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    މައްސަލައެއްނޫން .. ރާއްޖޭގަހުރެގެން ތިދުވަސްފާހަގަކުރިނަމަ މާބޮޑަށްވެސް ތަފާތުވާނެ.