އިންސާނުން ތަރައްގީވެ، ދިރިއުޅުމުގައި ބޭނުންކުރާ ވަސީލަތްތައް ތަރައްގީވާ ވަރަކަށް ކަންކަން ހަނދާން ނެތުމުގެ ބައި ވެސް ދަނީ ބޮޑުވަމުންނެވެ.

ނަމަވެސް މިއީ ދެރަވެ މާޔޫސްވާން ޖެހޭ ކަމެއް ނޫންކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ. ކަންތައްތައް ހަނދާން ނެތޭނަމަ ތިމާ އެހުރީ ކޮންމެވެސް ކަމެއް ދަސްކުރުމުގެ ހަރުފަތެއް ކަމުގައި ސައިންސްވެރިން ވިދާޅުވެއެވެ.

ހަނދާން ނެތުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކެވެމުން އައި ކަމެއް ނަމަވެސް ކަންތައްތައް ހަނދާން ނެތުމުން މާނަކޮށްދެނީ އެއްޗެއް ދަސްކުރުމުގެ މަރުހަލާއެއްގައި އުޅޭ ކަމަށެވެ.

ކަންކަން ހަނދާން ނެތުން ބިނާވެފައި އޮންނަނީ މާހައުލު ތެރޭގައި ކަންތައްތައް ހުންނަ ގޮތަށެވެ.

''ނޭޗަރ ރިވިއު ނިއުރޯ ސައިންސް'' ގައި އާއްމުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން ހަނދާން ނެތުމަކީ ދަސްކުރުމުގެ ބާވަތެއް ކަމަށާއި، އޭގެ މަރުހަލާއެއް ކަމަށް ބުނެފައިވެއެވެ.

މާގިނައިން ކަންކަން ހަނދާން ނެތޭނަމަ. ވަރަށް އަވަހަށް ތިމާއަކީ ވިސްނުންތޫނު އަދި ރަނގަޅު ނިންމުންތަކެއް ނިންމަން އެނގޭ މީހަކަށް ވާނެ ކަމަށް ވެސް މި ދިރާސާގައި ވެއެވެ.

ސައިންޓިސްޓުން ދެކިލައްވާ ގޮތުގައި ހަނދާން ނެތުމަކީ ހަނދާން ކުރުން ހާ މުހިއްމު ކަމެކެވެ. އެއީ ހަނދާން ނެތުމާއި ހަނދާން ކުރުމާއި، ދެބައި ވެސް ބެލެންސް ކުރުމަށެވެ.

މި ދިރާސާގައިވާ ގޮތުން ހަނދާން ނެތެނީ ސިކުނޑީގައި ހަނދާންތައް ރައްކާކުރާ ސެލްކަމުގައިވާ ''އެންގްރެމް ސެލްސް'' ގެ ''ސާކެޓް ރީމޮޑެލިން'' ކުރެވެމުންދާ ހިނދުއެވެ.

އެހެންކަމުން މި ދިރާސާއިން ބުނާގޮތުގައި އާއްމު ދިރިއުޅުމުގައި ކަންތައްތައް ހަނދާން ނެތުމަކީ ހާސްވެ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.