ކޮންމެ މީހަކު ވެސް އިންތިހާބެއްގައި ބައިވެރިވަނީ އެ އިންތިހާބެއް ކާމިޔާބު ކުރުމަށެވެ. ނަމަވެސް އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ ހަސަނުރާމް އަމްބެޑްކަރި އިންތިހާބުގައި ބައިވެރިވަނީ އެހެން ބޭނުމެއްގައެވެ.

އުއްތަ ޕްރަދޭޝްގެ 93 އިންތިހާބަކަށް ކުރިމަތިލާފައިވާ ހަސަނުރާމު ކޮންމެ ފަހަރަކު ވެސް އިންތިހާބަށް ކުރިމަތިލަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ކުރިމަތިލީ 93 އިންތިހާބަކުން ނާކާމިޔާބުވި ހަސަނުރާމް މިހާރު ވަނީ އޭނާގެ 94 ވަނަ އިންތިހާބަށް ނަން ހުށަހަޅާފައެވެ.

93 ފަހަރަށް އިންތިހާބު ނާކާމިޔާބު ވި ނަމަވެސް 94 ވަނަ ފަހަރަށް އިންތިހާބުގައި ބައިވެރިވީ ކާމިޔާބު ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. ނަމަވެސް ހަސަނުރާމްގެ މަގުސަދަކީ 100 އިންތިހާބަކުން ނާކާމިޔާބު ވުމެވެ.

އެހެންކަމުން ހަސަނުރާމްގެ މަގުސަދު ހާސިލު ކުރުމަށް މާ ގިނަ ދުވަސްތަކެއް ނެތެވެ. އިންތިހާބަށް ކުރިމަތިލުމަށް ފަހު ރައްޔިތުންގެ ތާޢީދު ހޯދުމަށް އެންމެން މަސައްކަތް ކުރަމުން ދާއިރު ހަސަނުރާމް އެފަދަ އެއްވެސް ކަމެއް ނުކުރެއެވެ. އެއީ އޭނާގެ މަގުސަދަކީ އިންތިހާބު ނާކާމިޔާބު ކުރުން ކަމުގައި ވާތީއެވެ.

ހަސަނުރާމް އެންމެ ފުރަތަމަ އިންތިހާބެއްގައި ބައިވެރި ވެފައިވަނީ 1985 ވަނަ އަހަރުއެވެ. އޭގެ ފަހުން އެތައް ގިނަ އިންތިހާބެއްގައި ބައިވެރިވެ ނާކާމިޔާބު ވެފައިވެއެވެ.

100 އިންތިހާބު ނާކާމިޔާބު ކުރުމަށް ހުވަފެންތައް ދެކެމުން އަންނަ ހަސަނުރާމް ވަނީ 1998 ވަނަ އަހަރު އިންޑިޔާގެ ރައީސް ކަމަށް ވެސް ކުރިމަތިލާފައެވެ. ނަމަވެސް އޭނާގެ ނަން ވަނީ ބާތިލު ކޮށްފައެވެ.

ހަސަނުރާމްއަކީ ރައްޔިތުންނަށް ހެޔޮއެދޭ ކެންޑިޑޭޓެއް ކަމަށާއި އޭނާގެ 94 ވަނަ އިންތިހާބަށް އޭނާގެ އަންހެނުންނާއި އެކު ކެމްޕެއިން ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފުޖޭރާ

    އަހަރެން ވަރައް ހަންދާން ހުރޭ މިމީހާ އެއްފަހަރު އިންތިހާ ބުގަ ބޭނުންކުރި މޮޓޯއެއް "މިއިންތިހާބުގަ އެއްްމެ ނާކާބުކެންޑިޑޭޓައް ވިޔަދޭށެވެ.މިހެން

  2. ކައުންސެލަރު

    ހަމަ ދޫކޮށްލީ ބައިވެރިވީ... ދިރިއުޅުމަކީ މިއީބާ....
    ހަހަހަ ބުރާންތިވެދާނެ!!!!

  3. ާއަހްމަދު

    ބަލައަހަރުމެންގެ ސޭޓުވެސްހަމައެހެން ސޭޓުގެވެސްމަގުސަދެއްއޮވޭ އެއީ އިންތިހާބައް އެންމެގިނަ ރުފިޔާ ޚަރަދުކުރާމީހާޔައްވުމުގެރެކޯޑު މިހާރުވެސް ސޭޓުއެދަނީ 2023 ހައްރުފިޔާއެއްކުރަމުން ވަކިތަފާތެއްނެތްދޯ

    13
    • އައްޔާ

      ކެކެކެކެކެކެކެ

  4. ބޭބެ

    ޢުމަރުނަސީރު

    8
    2