ސައުދީ އަރަބިއްޔާގައި ކޮންމެ ގަޑިއިރަކު ވަރީގެ ހަތް މައްސަލަ ރިޕޯޓް ކުރާ ކަމަށް ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރު ފަށައިގެން މިހާރު ކުރިއަށްދާއިރު، ވަރީގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން ކޮންމެ ގަޑިއިރަކުން ވަރީގެ ހަތް މައްސަލަ ފެންމަތިވާކަމަށް ދައްކާއިރު، އެއީ ކޮންމެ 10 ކައިވެންޏެއްގެ ތެރެއިން، ތިން ވަރިއެވެ.

އެ އޮތޯރިޓީން އާއްމުކޮށްފައިވާ މައުލޫމަތަށް ބަލާއިރު، 2020 ވަނަ އަހަރުގެ އެންމެ ފަހުގެ މަސްތަކުގައި އެ ގައުމުގައި 57،500 ވަރީގެ މައްސަލަ ފެންމަތިވިއެވެ. އެއީ 2019 ވަނަ އަހަރާއި ބަލާއިރު، 12.7 އިންސައްތަ އިތުރުވުމެކެެވެ.

އެ ރިޕޯޓްގައި ބުނެފައިވާގޮތުން، ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ވަރީގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް 2011 ވަނަ އަހަރުއެވެ. 2010 ވަނަ އަހަރު ރިޕޯޓްކޮށްފައި ވަނީ 9،233 ވަރީގެ މައްސަލައެވެ.

އެ އޮތޯރިޓީން އިތުރަށް ބުނީ 2011 ވަނަ އަހަރު ވަރިކުރުމުގެ 34،000 މައްސަލަ ރެކޯޑް ކުރެވިފައިވާ ކަމަށެެވެ.

ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ވަރިކުރުމުގެ މައްސަލަތައް 60 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙަލީ

  ހާން ނަންވާނީ ރާއްޖެ. 😏

  • ރަން ރީނދޫ

   ކުރިމަގެއް ނެތް ކައިވެންޏެއްގެ ސަބަބުން ދެފަރާތަށް ވެސް ލިބޭނީ ހިތްދަތިކަން. ވަރިކުރުމުގައި ގޯހެއް ނެތް. އެއީ ހައްތަހާވެސް އާ ދިރިއުޅުމެއް ފަށަން ލިބޭ ފުރުސަތު ތައް. ވަރި،ކާވެނި ވާން ޖެހޭނީ ،
   ފަސޭހައިން ކުރެވޭ ކަމަކަށް. އެކަމަށް ބޮޑެތި ފީތަކާއި އުނދަގޫ މަރުހަލާތަކެއް އޮންނާކަށް ނުޖެހޭ.

 2. Anonymous

  ނަންވާނީ ކެނެރީ ، އެއީ ހަމަތެދެއް.

  • ޢަހުމަދުވަގާރު

   ހުސް ދޮގު. އެމާތް ބިމުގެ އަގު ވައްޓާލަން ދައްކާ ވާހކަ

 3. ޗ

  ސައޫސީ އަރަބިއްޔާގަ އަދިވެސް ޖާހިލުކަން ނުފިލާ....

  1
  1