އިނގިރޭސިވިލާތުގެ ވޭލްސްގެ ވަލުތެރެއިން "ޒޮމްބީ"އެއް ގޮތަށް ހުރި އެއްޗެއް ފެނިގެން އެތައް ބަޔަކު ބިރުން ފިތްކަނޑައިގެން ހިނގައްޖެއެވެ.

ޒޮމްބީ ގޮތަށް ހުރި އެ އެތި ފެނިފައި ވަނީ ނޯތު ވޭލްސްގެ ބޮޑެލްވިޑަން ކައިރީގައި ހުރި ގަސްތަކުގެ ތެރެއިންނެވެ. އެ ސަރަހައްދުން ހިނގާފައިދާ މީހުންނަށް އެ ޒޮމްބީ ފެނިގެން ބިރުން އުޅޭ ކަމަށް ރިޕޯޓްތައް ބުުނެއެވެ.

މަންޒަރު ދުށް މީހުން އޭގެ ފޮޓޯތައް ހިއްސާ ކުރަމުންދާއިރު، އެ ފޮޓޯތަކުން ފެނިގެން ދަނީ ރީނދޫ ކުލައިގެ ވާރޭ ކޯޓަކާއި ތޮތްޕެއް އަޅައިގެން ހުރި "މުސްކުޅި" ފިރިހެނެއްގެ ސިފައިގައި، ޒޮމްބީއެއް ގޮތަށް ހުރި އެއްޗެެކެވެ.

އެ ޒޮމްބީ އެހިސާބަށް ގެންދިޔައީ ނޫނީ އާދެވުނީ ކިހިނެއްކަމެއް އެއްވެސް މީހަކަށް ސާފެއް ނުވާ ކަމަށް ވެއެވެ.

އަދި އެ ޒޮމްބީގެ އެއް އަތުން ސޫޓްކޭހެއް ހިފަހައްޓައިގެން ހުންނައިރު، އޭތީގެ ކަޅު ކުލައިގެ ދިގު އިސްތަށިގަނޑެއްވެސް ހުރެއެވެ.

ނޯތު ވޭލްސް ލައިވްނޫހުން ރިޕޯޓްކުރާ ގޮތުގައި އޭނާގެ އަތުގައި އޮތް ބަކެޓްގައި ޝުކުރިއްޔާ ލިޔެފައިވާ މެސެޖެއްވެސް ވެއެވެ.

އެތައް ބަޔަކު މީސް މީޑިއާގައި އެ ޒޮމްބީގެ ވާހަކަދެއްކިއެވެ. އަދި ބިރުން އުޅުނު ވާހަކަތައްވެސް ހިއްސާކޮށްފައި ވެއެވެ. އެކަކު ވަނީ އޭނާ އެ ޒޮމްބީ ހަރަކާތް ކުރޭތޯ ބެލުމަށްވެސް އެތައް ކަމެއް ކޮށްފައެވެ.